އަވީގެ ސަބަބުން ބޮޑު ގެއްލުންތަކެއް ލިބޭ އެއް ގުނަވަނަކީ ލޮލެވެ. ނަމަވެސް މިގެއްލުންތަކަކީ އާއްމުންގެ މެދުގައި މާ އަހުލުވެރިކަން ބޮޑު މައުލޫއެއް ނޫނެވެ. ގާތްގަނޑަކަށް 48 ޕަސެންޓު ބޮޑެތި މީހުން އައިނު ނާޅާ ސަބަބަކީ މި އެވެ. އަދި ކޮންމެ ފަސް މީހަކުން ތިން މީހަކު، އައިނު އެޅުމުގައި ފަރުވާ ކުޑަކޮށްލާ، މާ އަވިގަދަހެން ހީނުވާ ނަމަ، ނުވަތަ ވިއްސާރަ މޫސުމުގައި އައިނު ނާޅާ ސަބަބަކީ ވެސް މިއީ އެވެ.
އަވީގެ ސަބަބުން ބޮޑު ގެއްލުންތަކެއް ލިބޭ އެއް ގުނަވަނަކީ ލޮލެވެ. ނަމަވެސް މިގެއްލުންތަކަކީ އާއްމުންގެ މެދުގައި މާ އަހުލުވެރިކަން ބޮޑު މައުލޫއެއް ނޫނެވެ. ގާތްގަނޑަކަށް 48 ޕަސެންޓު ބޮޑެތި މީހުން އައިނު ނާޅާ ސަބަބަކީ މި އެވެ. އަދި ކޮންމެ ފަސް މީހަކުން ތިން މީހަކު، އައިނު އެޅުމުގައި ފަރުވާ ކުޑަކޮށްލާ، މާ އަވިގަދަހެން ހީނުވާ ނަމަ، ނުވަތަ ވިއްސާރަ މޫސުމުގައި އައިނު ނާޅާ ސަބަބަކީ ވެސް މިއީ އެވެ.
އަވިން ލޯ ރައްކާތެރިނުކުރާ ނަމަ ލޮލުގެ އެކި މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވެ އެވެ. އަދި ލޮލުގެ ބާރާއި ފެނުން ދަށްވުމަށް ވެސް މަގުފަހިވެ އެވެ. އަދި އަވިން ހަމުގެ ކެންސަރަށް މަގުފަހިވާއިރު ހަމުގެ ކެންސަރުޖެހޭ 100 މީހުންގެ ތެރެއިން 5 މީހުނަށް ޖެހެނީ ”އައިލިޑްސް“ އަށް ޖެހޭ ކެންސަރެވެ.
މި ފަދަ ނުރައްކާތެރި މައްސަލަތަކުން ލޯ ރައްކާތެރިކުރުމަށް ވަރަށް ބޮޑު އަހައްމިޔަތެއް ދޭން ޖެހެ އެވެ. ލޮލުގެ މައްސަލައެއް ހުންނަނަމަ އަވިން ރައްކާތެރިކަން ހޯދުމަށް އިތުރަށް ފަރުވާ ބަހައްޓަން ޖެހެ އެވެ.
މި ފަދަ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މަޝްހޫރު "ނޯވާ" ބްރޭންޑުގެ ނަމްބަރު އަވި އައިނު އައިކެއާ އޮޕްޓިކަލްސްއިން މިވަނީ ތައާރަފް ކޮށްފަ އެވެ.
އައިކެއާގައި ހުރި "ނޯވާ" ބްރޭންޑުގެ އައިނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ނޯވާ"އަކީ ދުނިޔޭގެ 21 ގައުމެއްގައި ވިއްކާ އައިނު ބްރޭންޑެކެވެ. މި ބްރޭންޑުގެ އަވި އައިނަކީ ފެނުމުގެ މައްސަލަތައް ހުންނަ މީހުންގެ ލޮލުގެ ނަމްބަރާ ގުޅޭ ގޮތަށް ވެސް ހެއްދޭ އައިނެކެވެ. މި އައިނުގެ ލެންސަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ "ލައިޓް ވެއިޓް" ލެންސެކެވެ. އަދި 100 އިންސައްތަ 'ޔޫވީ ޕްރޮޓެކްޝަން' ފޯރުކޮށްދޭ ޓެކްނޮލަޖީ ހިމަނައިގެން ތައްޔަރުކޮށްފައިވާ ލެންސެކެވެ.
މި އައިނަކީ ލޮލަށް ފަސޭހަ އައިނަކަށް ހެދުމުގެ ގޮތުން ލެންސުގައި ތަފާތު ކޯޓިން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ސިލްވާ ފްލޭޝް މިރާ، ގޯލްޑް ފްލޭޝް މިރާ އަދި ސަފަޔާ މިރާ ހިމެނެ އެވެ. އައިނު ހެއްދުމުގައި ކަސްޓަމަރުންނަށް ގިނަ ކުލަތަކާއި ތަފާތު ޑިޒައިންތަކެއްގެ އައިނު ދުނިގަނޑު ހިޔާރުކުރެވޭނެ އެވެ.
"ނޯވާ" ބްރޭންޑުގެ އައިނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ނޯވާ" ބްރޭންޑުގެ ސިންގަލް ވިޝަން އަދި ޕްރޮގްރެސިވް ވިޝަންއަށް ވެސް އައިނު ހެއްދޭނެ އެވެ. މި ބްރޭންޑުގެ އައިނު 6.50- އިން 5.00+ގެ ޕަވާއަށް ވެސް ހެއްދޭނެ އެވެ. މި އައިނުގެ ލެންސަކީ ސީއާރު 39، ހައި އިންޑެކްސް 1.67 ޕޮލިކާބޮނޭޓް އަދި ޕްރޮލަރައިޒްޑް ލެންސެކެވެ.
ކަސްޓަމަރުންނަށް "ނޯވާ" ބްރޭންޑުގެ އައިނެއް ހެއްދުމަށް ގިނަ ސްޓައިލް އޮޕްޝަންތަކެއް ހުންނާނެ އެވެ. އަވީގެ ނުރައްކަލުން ސަލާމަތްވުމަށް "ނޯވާ" އައިނަކީ ސްޓައިލިޝް ހައްލެކެވެ.
"ނޯވާ" ބްރޭންޑުގެ އައިނު އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ ފިހާރަތަކުން ލިބޭނެ އެވެ. މި ބްރޭންޑުގެ އައިނު ހެއްދުމާ ގުޅޭ މައުލޫމާތު އެ ތަނުގެ ހޮޓްލައިން ނަމްބަރު 3321026 އިން ލިބޭނެ އެވެ.
ނޯޓު: މިއީ އައިކެއާ އޮޕްޓިކަލްސްގެ އެޑްވަޓޯރިއަލްއެކެވެ.
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
ލޯ ސްކުއިންޓުވާ ނަމަ އަވަހަށް ފަރުވާ ހޯދާ!
ލޮލަށް ފުސް އެރުމުން ބޭނުންވާ ސާޖަރީ އައިކެކާއިން
ލޮލަށް ފުސް އެރުން:ކެޓެރެކްޓް ސާޖަރީ އާއި ޕްރިމިއަލް ލެންސް
ދުވަސްނުފުރާ ވިހާ ކުދިންގެ ލޮލުގެ ފަރުވާ އައިކެއާގައި
ބްލޫ ލައިޓުން ކުރިމަތިވާ މައްސަލަތަކުން ރައްކާތެރިވޭ
ހަކުރު ބަލީގެ ސަބަބުން ލޯ އެއްކޮށް އަނދިރިވެދާނެތަ؟
ނަންބަރު އަވިއައިނު، ރީތިވެފައި ލޮލަށް އެހާމެ ފަސޭހަ
ނޫ އަލިން ރައްކާތެރިކޮށްދޭ ލެންސް އައިކެއާ އިން
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި