Roadha Mihaaru

ދައްތަގެ ކިޑްނީއާ އެކު އުފާވެރި ހަޔާތެއް

02 ސެޕްޓެމްބަރ 2021

ފެނަކަ ކޯޕަރޭޝަންގެ ޒިންމާދާރު މަގާމަކާ އެކު ހުސެއިން ފައިސަލް ދިޔައީ މުސްތަގުބަލަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ރައްޓެހިންނާ އެކު މޫދަށް ގޮސް އުޅުނު ސަކަ މިޒާޖުގެ 29 އަހަރުގެ ޒުވާނާގެ ދިރިއުޅުމުގައި ބުރަކި ޖެހުނީ ހަމަ މަދު ވަގުތުކޮޅެެއްގެ ތެރޭގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފެނަކަ ކޯޕަރޭޝަންގެ ޒިންމާދާރު މަގާމަކާ އެކު ހުސެއިން ފައިސަލް ދިޔައީ މުސްތަގުބަލަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ރައްޓެހިންނާ އެކު މޫދަށް ގޮސް އުޅުނު ސަކަ މިޒާޖުގެ 29 އަހަރުގެ ޒުވާނާގެ ދިރިއުޅުމުގައި ބުރަކި ޖެހުނީ ހަމަ މަދު ވަގުތުކޮޅެެއްގެ ތެރޭގަ އެވެ.

އޭނާގެ ކިޑްނީން އޭރު މަސައްކަތްކުރަނީ ކުޑަ މިންވަރެއްކަން ޑޮކްޓަރުން ޔަގީންކޮށްދިނެވެ. އެއީ، މީގެ ކުރިން އެއްވެސް ބައްޔަކަށް ފަރުވާ ހޯދާފައިނުވާ ފައިސަލް ގަބޫލުކުރަން ބޭނުންވި ވާހަކައެއް ނޫނެވެ.

މިިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ހޮޑުލަވަން ފެށުމުން އޭނާ ފުރަތަމަ ވެސް ލަފާކުރީ ގޭސްޓްރިކް ކަހަލަ ކަމެއް ދިމާވީ ކަމަށެވެ. އެކަން އެއްގޮތަކަށް ވެސް ރަނގަޅުނުވެގެން ޑޮކްޓަރަށް ދައްކަން ދިޔައީ ވެސް އޮފީސް ގަޑީގައި، އެނބުރި އޮފީހަށް އަންނަ ގޮތަށެވެ. ނަމަވެސް، ހާލަތު ގޯސްވެ އޭނާ އަށް ޖެހުނީ މަހެއް ވަންދެން ހޮސްޕިޓަލުގައި އޮންނާށެވެ.

ނުވަ މަސް ވަންދެން ޑައިލިސިސް ހެދުމަށް ފަހު މިދިޔަ ފެބްރުއަރީ ހިސާބުގައި ފައިސަލް ވަނީ އިންޑިއާއިން ކިޑްނީ ޓްރާންސްޕްލާންޓް ހަދައިފަ އެވެ. އޭނާ އަށް ކިޑްނީ ހަދިޔާ ކުރީ އޭނާގެ ދައްތަ އެވެ.

ދައްތަގެ ކިޑްނީ އާ އެކު އޭނާގެ ދިރިއުޅުން އަނެއްކާ ވެސް އުފާވެރި އެވެ. "މެދުސަފުހާ" އަށް އޭނާ މި ކިޔައިދެނީ ކިޑްނީ ބަލީގައި އަދި ޓްރާންސްޕްލާންޓަށް ފަހު ފައިސަލްގެ ދިރިއުޅުމެވެ.