Roadha Mihaaru
މިދިޔަ މަހުގެ އެކްސްޕޯޓު 60 ޕަސެންޓް ދަށަށް

މިދިޔަ މަހުގެ އެކްސްޕޯޓު 60 ޕަސެންޓް ދަށަށް

09 ސެޕްޓެމްބަރ 2021

މިދިޔަ މަހު އެކްސްޕޯޓު ކުރި ވަރު 60 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ މަހު އެކްސްޕޯޓު ކުރި ވަރު 60 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު އެކްސްޕޯޓު ކުރީ 270 މިލިއަން ރުފިޔާގެ މުދަލެވެ. މިދިިޔަ އަހަރުގެ މި މުއްދަތުގައި 600 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރި އެވެ.

މިދިޔަ އޮގަސްޓް މަހުގެ އެކްސްޕޯޓު ދަށްވި ނަމަވެސް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 180 ޕަސެންޓް އިތުރުވެފަ އެވެ. އާމްދަނީގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓުކުރީ 2 ބިލިއަން ރުފިޔާގެ މުދަލެވެ. އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ އިންޑިއާ އާއި ޗައިނާއިންނެވެ.

އިންޑިއާއިން ރާއްޖެއަށް 490 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު ޗައިނާއިން 450 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ.

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތަށް ފަހު އިމްޕޯޓު-އެކްސްޕޯޓުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް 12 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.