ދައުލަތުން ކުރާ ކަންކަމަށް ފާޑުކިޔައި، މިނިވަންކަމާ އެކު ހިޔާލު ފާޅުކުރާ އެއްވެސް މީހަކަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
15 ސެޕްޓެމްބަރ 2021
ދައުލަތުން ކުރާ ކަންކަމަށް ފާޑުކިޔައި، މިނިވަންކަމާ އެކު ހިޔާލު ފާޅުކުރާ އެއްވެސް މީހަކަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އަބަދު ވެސް ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށް ރައީސް ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގަ އެވެ.
އެ ހިތާބުގައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ އަށް އެ ހައްގު ލިބެދެވޭ ކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ.
"ކޮންމެ ހާލަތެއްގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޑިމޮކްރެސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ކުރާ މަސައްކަތްތައް ދެފުށް ފެންނާނެ ގޮތަށް ހާމަކުރުމާއި މައުލޫމާތު އާންމުކުރުމަކީ ޑިމޮކްރެސީގެ ހަމަތައް ހިފެހެއްޓުމަށްޓަކައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޑިމޮކްރެސީގެ އެންމެ ވަރުގަދަ އަސާސަކީ ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާ އެކު ހުޅުވައިލެވިފައި އޮތުމާ އެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުމެވެ. އަދި އެ މަގްސަދު ހާސިލުވާނީ އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި އިންތިހާބުތައް ބާއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ހައްގަކީ ދިރިހުރުމާއި ރަނގަޅު ކާނާ ކައިބޮއެ އުޅުމުގެ ހައްގު ކަމަށް ވާތީ، މި ހައްގުތަށް ހޯދުމަށް ރައްޔިތުން ގަދައަޅައި، އެއް އަޒުމެއްގައި، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދީ ގޮތުން ރާއްޖެ އަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި މަސައްކަތް ކުރުމަށް ވެސް ރައީސް ބާރު އެޅުއްވި އެވެ.
މި ހިތާބު ނިންމަވައިލައްވަމުން ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ކަންކަމަށް ފާޑުކިޔުމަށް ލިބިފައިވާ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުންކުރުމަށްޓަކައި، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް ދެމެހެއްޓުމުގައި ރައްޔިތުން ސާބިތުވެ ތިބޭނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.
ނޫސްވެރިން އިހުމާލުވެއްޖެ ނަމަ ފިތުނަ އުފެދޭނެ: ރައީސް
"ސަރުކާރުން ދައުލަތުގެ މީޑިއާއަށް ނުފޫޒެއް ނުފޯރުވާނެ"
މީޑިއާ މިނިވަންކަން ނެތި ޑިމޮކްރަސީއެއް ނޯންނާނެ: އިބޫ
ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!