Roadha Mihaaru
އެސްކަލޭޓަރަށް އަރަން ނުކެރޭ ނަމަ ފަރުވާ ހޯދިދާނެ

އެސްކަލޭޓަރަށް އަރަން ނުކެރޭ ނަމަ ފަރުވާ ހޯދިދާނެ

17 ސެޕްޓެމްބަރ 2021

ވަރަށް އާދައިގެ ކަންކަމާ ވެސް ބިރު ގަންނަން މީހުން އުޅެ އެވެ. ލިފްޓަށް އަރަން ނުކެރޭ މީހުން އުޅޭ ގޮތަށް އެސްކަލޭޓާ ނުވަތަ ކަރަންޓު ސިޑިން އަރައިފައިބަން ބިރުގަންނަ މީހުން ވެސް އުޅެ އެވެ. މިކަމަށް ކިޔަނީ "އެސްކަލަފޯބިއާ" އެވެ.

ވަރަށް އާދައިގެ ކަންކަމާ ވެސް ބިރު ގަންނަން މީހުން އުޅެ އެވެ. ލިފްޓަށް އަރަން ނުކެރޭ މީހުން އުޅޭ ގޮތަށް އެސްކަލޭޓާ ނުވަތަ ކަރަންޓު ސިޑިން އަރައިފައިބަން ބިރުގަންނަ މީހުން ވެސް އުޅެ އެވެ. މިކަމަށް ކިޔަނީ "އެސްކަލަފޯބިއާ" އެވެ.

މިއީ ކިހިނެއް ދިމާވާ ކަމެއްކަން "ފިއާއޮފް ނެޓް" ވެބްސައިޓްގައި ބުނެދީފައިވެ އެވެ. މިއީ އޭގައިވާ ބައެއް މައުލޫމާތެވެ.

"އެކްރޮފޯބިއާ" ނުވަތަ އުސް ތަންތަނަށް އަރަން ބިރުގަންނަ ގިނަ މީހުންނަކީ އެސްކަލޭޓަރަށް ވެސް އަރަން ބިރުގަންނަ މީހުންނެވެ. މައްޗަށް އަރަން ބިރު ނުގަތް ނަމަވެސް މަތިން ތިރިއަށް ފައިބަން ޖެހުމުން އެފަދަ މީހުން ޖެހިލުންވެ އެވެ. ބައެއް މީހުން ތިރިއަށް ފައިބަން ނުކެރި ތިބެ އެވެ. މިހެން ދިމާވަނީ މާޒީގައި ކޮންމެވެސް ކަހަލަ ބިރުވެރި ކަމެއް ތަޖުރިބާ ކުރެވިފައި ތިބޭ މީހުންނަށް ވުމުގެ ފުރުސަތު ބޮޑެވެ.

ފިލްމަކުން ނުވަތަ އަސްލަށް ވެސް މީހަކު ވެއްޓޭތަން ފެނުމުގެ ސަބަބުން ހިތުގައި ބިރުވެރިކަން އުފެދިފައި އޮވެދާނެ އެވެ. އަދި އެމީހުންނަށް އެ ފޯބިއާ އިން ދުރަށް ދާން އުނދަގޫތަކެއް ކުރިމަތިވުން އެއީ ވެސް ސަބަބަކަށް ވެދާނެ އެވެ. އެ ފޯބިއާގެ ސަބަބުން ގިނަ ފަހަރަށް، ސިޑިއާ ހަމަ އަށް ގޮސް ހިޔާލު ބަދަލު ކޮށްލަ އެވެ.

އެސްކަލަފޯބިއާގެ ސަބަބުން ވެދާނެ ކަންކަން

ތުރުތުރުލުން/ހީކެރުވުން

ހޮޑުލަވާގޮތްވުން / ބޮލަންއެނބުރުން އެރުން

ނޭވާ ކުރުވުން

އެސްކަލޭޓާ އެއްވެސް ގޮތަކަށް ބޭނުން ނުކުރުން ނުވަތަ އެއަށް އަރުވަން އުޅޭ ނަމަ އަޑުގަދަކޮށް ހަޅޭއްލެވުންނުވަތަ ބިރުން ރޯންފެށުން

ސިޑި ނުފެންނަ ކަމަށް ހަދާފައި ދުރަން ޖެހުން

ޕެނިކް އެޓޭކް

ހައްލަކީ ކޮބާ؟

ފޯބިއާއެއް ކަމަށް ގަބޫލުކޮށް މެޑިކަލް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ. އެ މީހަކީ ބެލެންސް ކުރުމުގައި އުނދަގޫތަކެއް ހުންނަ މީހެއް ނަމަ، އެހެން މީހެއްގެ އެހީ ހޯދާށެވެ. އަދި މައްޗަށާއި ތިރިއަށް ސިޑި އަރާފައިބަމުންދާއިރު، ބަލަން އުނދަގޫ ނަމަ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ އެހީއާ އެކު ވިޒުއަލް އެއިޑްގެ ފަރުވާ ހޯދިދާނެ އެވެ. ބޮލަށް އެނބުރުން އަރަނީ ލޮލަށް ވާ އުނދަގުލުން ކަމަށް ވެސް ވެދާނެ އެވެ. އެ ފޯބިއާއިން ސަލާމަތްވުމަށް ފައިވާން ނުވަތަ ހެދުމަށް ވެސް ބަދަލު ގެނެވިދާނެ އެވެ. އެއީ ފައި ނުވަތަ ހެދުން ސިޑިތެރެއަށް ވަދެ ތާށިވެދާނެ ކަމުގެ ބިރު އެފަދަ މީހުންނަށް އޮންނާތީ، އެކަމަށް ދޭ ފަރުވާއެއްގެ ގޮތުންނެވެ.

އެސްކަލަފޯބިއާ އިން ސަލާމަތްވުމަށް ސައިކޮލޮޖިސްޓުންގެ އެހީ އެހީ ހޯދާ މީހުން ވެސް އުޅެ އެވެ. އެފަދަ މީހުންނަށް ދޭ ފަރުވާތަކުގެ ތެރޭގައި ހިޕްނޯތެރެޕީ، ކޮގްނިޓިވް ބިހޭވިއާ ތެރެޕީ ފަދަ ފަރުވާތައް ހިމެނެ އެވެ.