17 ސެޕްޓެމްބަރ 2021
އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކޯޗުކޮށްދޭން، އެ ގައުމުގެ ބަށުންދަރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް ހަމަޖައްސައިފި އެވެ.
އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކޯޗުކޮށްދޭން، އެ ގައުމުގެ ބަށުންދަރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް ހަމަޖައްސައިފި އެވެ.
ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޖެމީ ޑޭ، މަގާމުން ވަކިނުކޮށް އޮސްކާއާ ކޯޗުކަން ހަވާލުކުރީ ދެ މަސް ދުވަހުގެ މުއްދަތަކަށެވެ. މާނަ އަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން ނޮވެމްބަރު މަހު ލަންކާގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތުގައި ވެސް ބަންގްލަދޭޝްގެ ޓީމަށް ކޯޗު ކޮށްދޭނީ އޮސްކާ އެވެ.
ބަންގަލަދޭޝްގެ ފެޑެރޭޝަންގެ ނެޝަނަލް ޓީމު ކޮމިޓީން މިއަދު ނިންމީ، ކުރިއަށް އޮތް ދެ މަހަށް ޖެމީ ޑޭ ސީނިއާ ޓީމުގެ މަސްއޫލިއްޔަތުތަކުން ވީއްލުމަށެވެ. ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. ބަންގްލަދޭޝްގެ ކޯޗުކަމާ 2018 ގައި ހަވާލުވި، ޑޭ އަށް އޭނާ މަސްއޫލިއްޔަތުތަކުން ދުރުކުރި ކަމެއް ނޭނގެ އެވެ.
"ތިކަހަލަ އެއްވެސް ނިންމުމެއް ނިންމި ކަމެއް އަހަންނަކަށް ނޭނގެ. ބޯޑުގެ އެއްވެސް މީހަކު ތިކަހަލަ އެއްވެސް ޚަބަރެއް އަހަންނާ ހިއްސާއެއް ނުކުރޭ،" ބަންގްލަދޭޝްގެ ނިއު އޭޖްއާ ވާހަކަ ދައްކަމުން ޑޭ ބުންޏެވެ.
ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއް ނިއު ރޭޑިއަންޓާއެކު، ކާމިޔާބުކުރި އޮސްކާ، ބަށުންދަރާ ކިންގްސްގައި މަސައްކަތް ކުރި ނަމަވެސް އޭނާގެ ދައުރު އެހެން ގޮތްގޮތުން ވެސް ބަންގްލަދޭޝްގެ ފުޓްބޯޅައިގައި މީގެ ކުރިން ވެސް ފާހަގަ ކުރެވިފައިވެ އެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ބޭއްވި ކޯޗިން ކޯސްތަކުގައި އޮސްކާ ވަނީ ބައެއް ސެޝަންތައް ނަގައިދީފަ އެވެ.
ސާފް ޗެމްޕިއަންޝިޕަކީ މިދިޔަ ތިން މަސް ތެރޭ އިންޓަނޭޝަނަލް މުބާރާތެއްގައި، އޮސްކާ ރާއްޖެ އަންނަ ދެ ވަނަ މުބާރާތަށެވެ. މިދިޔަ މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ޒޯންގެ ގުރޫޕް ސްޓޭޖް ބަށުންދަރާގެ ޓީމު ގޮވައިގެން މާލެ އައެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ބަންގްލަދޭޝްއިން އަންނަ ހަފުތާގައި ރަސްމީކޮށް ޕްރެކްޓިސް ފަށާނެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ޑޭގެ ބެލުމުގެ ދަށުން 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލި އެވެ. އެ ސްކޮޑްގައި ވަނީ ނައިޖީރިއާ އަށް އުފަން އެލެޓާ ކިންގްސްލީ ހިމަނައިފަ އެވެ. ބަށުންދަރާ އަށް ކުޅެމުންދާ ފޯވަޑް ދަނީ 2011 އިން ފެށިގެން ބަންގްލަދޭޝްގެ ލީގުގައި ކުޅުމުންވެ. މިއަހަރު ވަނީ ބަންގަލަދޭޝްގެ ރަށްވެހިކަން ދީފަ އެވެ.
ބަންގްލަދޭޝްގެ ރަށްވެހިކަން އޭނާ އަށް ލިބުނަސް އެ ގައުމުގެ ގައުމީ ޓީމަށް އޭނާ އަށް ކުޅެވޭނީ އެކަމުގެ ކްލިއަރެންސް ފީފާއިން ލިބުމުންނެވެ. އޭނާ އަށް އަދި ފީފާ އިން ކްލިއަރެންސް ލިބިފައެއް ނުވެ އެވެ.
ފީފާގެ ގަވައިދުގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ލެވަލްގައި ސީނިއާ ޓީމަށް ނުކުޅޭ ކުޅުންތެރިޔަކަށް ނެޗުރަލައިޒޭޝަންގެ ދަށުން އެހެން ގައުމީ ޓީމަކަށް ކުޅެވިދާނެ ކަމަށެވެ. ޗައިނާގެ ގައުމީ ޓީމުން ވަނީ މީގެ ކުރިން ބްރެޒިލްގެ އެލްކީސަން ޑެ އޮލިވިއޭރާ ކާޑޯސޯ، (އައިކީސަން) އެ ގައުމަށް ކުޅުވައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2019 ގައި އޭނާ ވަނީ ޗައިނާގެ ގައުމީ ޓީމުގައި ހިމެނިގެން ރާއްޖެއާ ދެކޮޅަށް ވެސް ކުޅެފަ އެވެ.
ފީފާއިން ކްލިއަރެންސް ނުލިބުނަސް، އޭނާ ގައުމީ ސްކޮޑުގައި ހިމެނީ ބަންގްލަދޭޝްގެ ފެޑްރޭޝަންގެ ހުއްދައާ އެކު އެވެ.
- އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގްލަދޭޝް - އޮކްޓޯބަރު 4 (ހަވީރު): ބަންގްލަދޭޝް - އިންޑިއާ - އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގްލަދޭޝް - އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.
ބަންގްލަދޭޝް ފައިނަލަށްދާން ރެފްރީ ބޭނުން ނުވީ: އޮސްކާ
އޮސްކާ ބުނަނީ ރެފްރީ ހުރީ ރާއްޖެއާއެކު ކަމަށް
އިންޑިއާ އަތުން ހޯދި ޕޮއިންޓާއެކު ބަންގްލަދޭޝް އެކަކަށް
ބާރުބާރަށް ދިޔަ އިންޑިއާގެ ފުޓްބޯޅަ މިހާރު މަޑުޖެހިއްޖެ
ރާއްޖެއާ މެދު އޮސްކާ ބެލީ ރޭންކިން އަށް
ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއަށް ޕްރެޝަރެއް
ސާފް ޗެމްޕިއަންޝިޕަކީ ޗެލެންޖެއް: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް އަތުން ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ
އިންޑިއާ އަށް ގޯލް ނުޖެހޭތީ ހައިރާންވޭ: ސްޓިމަކް
މޮޅަށް ކުޅެ ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް އުއްމީދު