އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނެގުމާ އެކު އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވެއްޖެ އެވެ.
19 ސެޕްޓެމްބަރ 2021
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނެގުމާ އެކު އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވެއްޖެ އެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ޓްރެވަލް ލިސްޓަށް ގެނައި ބަދަލުތަކާ އެކު އެ ގައުމުގެ ޓްރެވަލް ސައިޓުތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ. އެންމެ ގިނަ ބަޔަކު ކުރިއަށް އޮތް މަސްތަކުގައި ދަތުރުކުރަން ބޭނުންވަނީ ރާއްޖެ އާއި ސްރީ ލަންކާ އަދި މެކްސިކޯއަށް ކަމަށް ވަނީ ބުނެފަ އެވެ.
އެ ގައުމުގެ އެންމެ ބޮޑު އެއް ޓްރެވަލް ސައިޓު ކަމަށްވާ ސްކައި ސްކޭނާ އިން ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ޓޫރިސްޓުންގެ ޑިމާންޑު 95 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. މިހާ ބޮޑު ތަފާތެއް އައީ ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ކޮވިޑަށް ޕީސީއާރް ޓެސްޓު ހަދަން ނުޖެހޭ ގޮތަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމުމުން ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ރެޑް ލިސްޓުން އެމްބާ ލިސްޓަށް ލީ ގައުމުތަކަށް ދިއުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ދާއިރު ހޮޓަލުގައި އަމިއްލަ ހަރަދުގައި ކަރަންޓީނު ފުރިހަމަކުރަން ޖެހުމުގެ ބަދަލުގައި އަމިއްލަ ގޭގައި ކަރަންޓީނު ވެވޭނެ އެވެ.
ޓްރެވަލް ވެބްސައިޓް އެކްސްޕީޑިއާ އިން ބުނި ގޮތުގައި އިނގިރޭސިވިލާތުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އެ ވެބްސައިޓުގައި ވަނީ 30 ޕަސެންޓް އިތުރުވެފަ އެވެ.
ކުރިއަށް އޮތީ އިނގިރޭސިވިލާތުގެ ފިނި މޫސުމުވެ. މި މޫސުމުގައި އެ ގައުމުން ދަތުރުކުރާ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެ އެވެ.
Queuing to win a honeymoon to the Maldives ? One photo, one caption - try your luck @nationalwedding - @olympia_london !
— Maldives High Commission, UK (@MDVinUK) September 18, 2021
Honeymoon in @KihaaMaldives Come to the Maldives stall by @visitmaldives @MDVinUK pic.twitter.com/pKLHYUNscQ
އިނގިރޭސިވިލާތުގެ ފެއާއެއްގައި ރާއްޖޭން ބައިވެރިވަނީ--
އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ރިވިއުގައި ރާއްޖެ ހިމަނާފައިވަނީ "އެމްބާ" ލިސްޓުގަ އެވެ. މިގެނައި ބަދަލާ އެކު ރާއްޖެއިން އެ ގައުމަށް އެނބުރި ދާ މީހުންނަށް އަމިއްލަ ގޭގައި ކަރަންޓީން ވެވޭނެ އެވެ. ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން ދާ ނަމަ ކަރަންޓީން ވާން ޖެހޭނީ ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއެއްގަ އެވެ.
އެ ގައުމުން ޓްރެވަލް ލިސްޓަށް ގެނައި ބަދަލާ އެކު ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރަން އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ފެއާތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ. އެ ގައުމުގައި މިހާރު ކުރިއަށްދާ "ނެޝަނަލް ވެޑިން" ޝޯގައި ރާއްޖެ ހަނީމޫން މަންޒިލެއްގެ ގޮތުގައި އަންނަނީ އިޝްތިހާރު ކުރަމުންނެވެ.
އިނގިރޭސިވިލާތުން ހުއްދަދޭ ލިސްޓްގެ ކުރީގައި ރާއްޖެ
ޔޫކޭ ޓޫރިސްޓުން ހަނީމޫންނަށް އަންނަން ބޭނުންވަނީ ރާއްޖެ
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
ފުރަތަމަ ޓޫރިސްޓު، ރާއްޖެއަށް އޮތީ އާއިލީ ލޯތްބެއް
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ