Roadha Mihaaru

ހިޔާ ފްލެޓްތަކުގައި އަލިފާން ނިއްވޭ ގޮތަށް ހުރިތޯ ސިފައިން ބަލަނީ

ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައި ހުރި އަލިފާން ނިއްވާ އާލާތްތަތައް ބަލައިފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.

ފްލެޓްތަކުގައި އަލިފާން ނިއްވޭ ގޮތަށް ހުރިތޯ ބަލަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

22 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައި ހުރި އަލިފާން ނިއްވާ އާލާތްތަތައް ބަލައިފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓްގެ އަލިފާން ނިއްވާ ނިޒާމު އަދި ނިއްވަން ގެންގުޅޭ އާލާތްތައް އެމްއެންޑީއެފުން ބަލަން ނިންމާފައިވާތީ މިއަދު ހެނދުނު 9:00 އިން ފެށިގެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެމްއެންޑީއެފުން އެންމެ ފުރަތަމަ ބަލަން ހަމަޖެހިފައި އޮތީ އެޗް1 ޓަވަރެވެ. އެ ޓަވަރުގެ 24 ވަނަ ފްލޯ އިން ފެށިގެން އަލިފާން ނިއްވުމުގެ ނިޒާމު ހުރި ގޮތް ބަލަން ހަމަޖެހިފައި ވާއިރު މުޅި ޓަވަރުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެޗްޑީސީން ލަފާކޮށްފައި އޮތީ ދެ ގަޑިއިިރާ 30 މިނެޓުންނެވެ.

އެޗްޑީސީން އަންގާފައި އޮތީ އެޗް1 ޓަވަރުން ފްލެޓް ލިބުނު މީހުން އެމްއެންޑީއެފުން އެ މަސައްކަތް ކުރަން ނިންމާފައިވާ ވަގުތުގައި ފްލެޓް ހުޅުވާފައި ބެހެއްޓުމަށެވެ. އަދި ފްލެޓް ހަވާލުކުރެވުނު އިރު ދިން އަލިފާން ނިއްވާ ފުޅި އާއި ރަޖާ ފެންނާނެހެން ބެހެއްޓުމަށް އެދިފައިވެ އެވެ.