Roadha Mihaaru

ވަޒީފާ އަށް ތަމްރީނުވުމަށް އެމްޕީއެލްގައި 50 ޖާގަ ހުޅުވާލައިފި

އެމްޕީއެލް އިން ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން އެ ކުންފުނިން 50 ޖާގަ ހުޅުވާލައިފި އެވެ.

ތަމްރީނުވުމަށް އެމްޕީއެލްގައި 50 ޖާގަ ހުޅުވާލައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

23 ސެޕްޓެމްބަރ 2021

އެމްޕީއެލް އިން ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން އެ ކުންފުނިން 50 ޖާގަ ހުޅުވާލައިފި އެވެ.

އެމްޕީއެލް އިން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެކި ދާއިރާތަކުން ވަނީ ޖާގަ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ވެލްޑްކުރާ މީހުންނާއި ކާޕެންޓަރުންގެ އިތުރުން އިދާރީ މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.

މި ޕްރޮގްރާމަށް ހޮވޭ ހުރިހާ އެންމެންނަށް ވެސް މަހަކު 5،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. މި ޖާގަތަކަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ. އެ ޖާގަތަކަށް ކުރިމަތިލުމަށް އެމްޕީއެލްގެ ވެބްސައިޓުގައިވާ ފޯމު ޑައުންލޯޑްކޮށް ހުށަހެޅޭނެ އެވެ.

ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ހުޅުވާލީ 2019 ވަނަ އަހަރު އެވެ.