Roadha Mihaaru
އެމްޕީއެލް އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް ވަޒީފާ

އެމްޕީއެލް އެޕްރެންޓިސްޝިޕްގެ 18 ބައިވެރިންނަށް ދާއިމީ ވަޒީފާ

04 ސެޕްޓެމްބަރ 2022

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި 20 ކުދިންގެ ތެރެއިން 18 ކުއްޖަކަށް އެމްޕީއެލް އިން ދާއިމީ ވަޒީފާ ހަމަޖައްސައިދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި 20 ކުދިންގެ ތެރެއިން 18 ކުއްޖަކަށް އެމްޕީއެލް އިން ދާއިމީ ވަޒީފާ ހަމަޖައްސައިދީފި އެވެ.

އެމްޕީއެލްގެ އެޕްރެންޓިސްޝިޕްގައި ބައިވެރިވި ކުދިންގެ ތެރެއިން އެ ޕްރޮގްރާމު ނިންމި ކުދިންނަށް އެކަމުގެ ލިޔުން މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަަދު މަހުލޫފެވެ.

މި ރަސްމިއްޔާތުގައި މަހުލޫފު ވިދާޅުވީ، މިފަދަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިވުން މުހިއްމު ކަމަށެވެ.

އެމްޕީއެލް އެޕްރެންޓިސްޝިޕްގެ ބައިވެރިން. 20 ކުދިން ޕްރޮގްރާމު ނިންމި--ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޕީއެލް އެޕްރެންޓިސްޝިޕްގެ ބައިވެރިން. 20 ކުދިން ޕްރޮގްރާމު ނިންމި--ފޮޓޯ: ނިޝާން އަލީ/މިހާރު

މިފަދަ ޕްރޮގްރާމުތަކުން ނަތީޖާ ނެރެވޭކަން އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ވެސް އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މަހުލޫފު ވިދާޅުވީ، ޒުވާނުން މިފަދަ ފުރުސަތުތަކުގެ ބޭނުން ކުރުމުން އެ މީހުންގެ މުސްތަގްބަލް ބިނާކުރަަން އިތުރަށް ފަސޭހަވާނެ ކަމަށެވެ.

"މި ޕްރޮގްރާމު އެބަ ރަނގަޅަށް ކުރިއަށްދޭ. އެ ރަނގަޅު ނަތީޖާ ހޯދުމަށް މި ލިބޭ ފުރުސަތުގެ ބޭނުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެ ކުންފުނިން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ތިން އަންހެނުން ބައިވެރިވި އިރު އޭގެ ތެރެއިން ދެ މީހުން މިހާރު ވެސް އެމްޕީއެލްގައި ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ވަޒީފާގެ ފުރުސަތުތަކަށް އަންހެނުން އިތުރަށް ބައިވެރިވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނިން ވަރަށް މުހިއްމު އިސްކަމެއް ދީގެން ޒުވާނުންގެ ކުރިމަކަށް ހިންގާ ޕްރޮގްރާމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، މި ޕްރޮގްރާމަކީ އެކުންފުނިން ޒުވާނުންނަށް ހިންގާ މުހިއްމު ޕްރޮގްރާމެއް ކަމަށް--ފޮޓޯ:މިހާރު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، މި ޕްރޮގްރާމަކީ އެކުންފުނިން ޒުވާނުންނަށް ހިންގާ މުހިއްމު ޕްރޮގްރާމެއް ކަމަށް--ފޮޓޯ:މިހާރު

"ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން އެމްޕީޢެލް އިން ފުރުސަތު ހުޅުވާލީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. ޓިވެޓް އޮތޯރިޓީ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލް އިން ހިންގާ ޕްރޮގްރާމްގެ ތަމްރީނުގެ މުއްދަތުގައި ކޮންމެ މަހަކު އެލަވެންސެއްގެ ގޮތުގައި 5،000ރ. ދީފައިވެ އެވެ. މި ޕްރޮގްރާމުގައި މަސައްކަތުގެ ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ތިއަރީ ކްލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި އެޕްރެޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި މީހުންނަށް އެ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިފައިވެ އެވެ.