މާލޭގައި އިންފްލުއެންޒާ ފެތުރެން ފަށާފައި ވާތީ، އަތޮޅުތެރޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް، ހުރިހާ އަތޮޅަކުން ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
05 އޮކްޓޯބަރ 2021
މާލޭގައި އިންފްލުއެންޒާ ފެތުރެން ފަށާފައި ވާތީ، އަތޮޅުތެރޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް، ހުރިހާ އަތޮޅަކުން ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. އަރިދަފުސް ރޯގާއާ އެކު އިންފުލުއެންޒާ ވެސް ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި އިންފްލުއެންޒާ އަށް ޓެސްޓުކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް ބައްޔަށް ޕޮޒިޓިވްވި އެވެ.
އެޗްޕީއޭގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގުރާމް އޮފިސަރު އައިމިނަތު އަރޫޝާ "މިހާރު" އަށް ވިދާޅުވީ މިހާތަނަށް އިންފްލުއެންޒާ ފެނިފައި ވަނީ ހަމައެކަނި މާލޭ ސަރަހައްދުން ކަމަށެވެ. ނަމަވެސް އަތޮޅުތަކުން އެ ބަލި ފެނިދާނެތީ ކުރީބައިގައި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަރިދަފުސް ރޯގާގެ ކޭސްތައް ފާހަގަކުރެވޭ ވަރަކަށް އަތޮޅުތަކުން ސާމްޕަލް ނަގައި ޓެސްޓުކުރުމަށް މާލެ ގެންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އަތޮޅުތަކަށް އިސްކަންދީގެން މާލެއަށް ސާމްޕަލް ޓެސްޓުކުރަން ގެންނަން އަންގާފައި ވާނީ. މިހާރު އެ މަސައްކަތް ކުރިއަށް ދަނީ. އަރިދަފުސް ރޯގާ ފެނިއްޖެނަމަ ހުރިހާ އަތޮޅަކުން ވެސް ސާމްޕަލް ނަގާނެ،" އަރޫޝާ ވިދާޅުވި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 3،720 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 60 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ވިއްސާރަ މޫސުމާ ދިމާކޮށް އާންމުކޮށް އަރިދަފުސް ރޯގާގެ ކޭސްތައް އިތުރުވާކަން ފާހަގަކޮށް، އަރޫޝާ ވިދާޅުވީ ކުއްލިއަކަށް އެފަދަ ރޯގާއެއް އިތުރުވަނީ މޫސުމީ ބަދަލުގެ ސަބަބުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް އިންފްލުއެންޒާގެ ކޭސްތައް ވެސް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
މިދިޔަ ދެ މަހު، ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
އާއްމުކޮށް ފެންނަ ހަތަރު ބަލި ރިޕޯޓުކުރި އަދަދު އިތުރު
ބަލި ފެތުރުނީ ކާއެއްޗެއްގެ ސަބަބަކުން ނޫން: އެޗްޕީއޭ
ރޯގާ ފެތުރޭތީ ކާނިވާ ހުޅުވުން ފަސްކޮށްފި
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އަރިދަފުސް ރޯގާއި އާއި ބޭރަށް ހިންގުން އިތުރުވެއްޖެ
ޑެންގީ ޖެހޭ މީހުންގެއަދަދު ކަންބޮޑުވާ ވަރަށް އިތުރު!