އިކުއެޑޯގެ ޖަލެއްގައި ގައިދީންތަކެއްގެ މެދުގައި އިއްޔެ ހިނގި މާރާމާރީއެއްގައި، މަދުވެގެން 116 ގައިދީން މަރުވެފައިވާ ކަމަށް، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
އިކުއެޑޯގެ ޖަލެއްގައި ގައިދީންތަކެއްގެ މެދުގައި އިއްޔެ ހިނގި މާރާމާރީއެއްގައި، މަދުވެގެން 116 ގައިދީން މަރުވެފައިވާ ކަމަށް، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
އިކުއެޑޯގެ ފުލުހުން ބުނާ ގޮތުގައި އެ ޖަލަކީ މައިގަނޑު ގޮތެއްގައި މަސްތުވާތަކެތީގެ ގޭންގުތަކުގެ މީހުން ހައްޔަރުކޮށްފައި ތިބޭ ޖަލެކެވެ. ޖަލުގައި އިއްޔެ ހިނގި މާރާމާރީ އުފެދުނީ، ދެ ގޭންގަކަށް ނިސްބަތްވާ ގައިދީންތަކެއްގެ މެދުގައި ހިނގި ޒުވާބަކަށް ފަހުގަ އެވެ.
ދެ ފަރާތުގެ ގައިދީންގެ މެދުގައި މާރާމާރީ ހިންގައި، މީހުން މެރުމާ ހަމައަށް ރުޅިވެރިކަން އިތުރުވެގެން ދިޔައިރު ވެސް، ގައިދީން ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް މާބޮޑު ކަމެއް ނުކުރެވުނެވެ. މަރުވެފައިވާ ކަމަށް ކަށަވަރުކުރެވުނު 116 ގައިދީންގެ ތެރެއިން މަދުވެގެން ފަސް ގައިދީއެއްގެ ހަށިގަނޑު ފެނުނީ، ބޯ ބުރިކޮށްލާފައި އޮއްވަ އެވެ. މަރުވި އެހެން ގައިދީން މަރުވެފައިވަނީ، ގައިދީން އެއް ބަޔަކު އަނެއް ބަޔަކަށް ބަޑިޖެހުމުގެ ސަބަބުންނެވެ.
ޕޮލިސް ކޮމާންޑަރު ފައުސްޓޯ ބުއެނާނޯ ވިދާޅުވި ގޮތުގައި ޖަލުގެ މާރާމާރީ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން، ގައިދީން ވަނީ ފުލުހުންނަށް ވެސް ހަމަލާ ދީފަ އެވެ. ފިސްތޯލަ އާއި ބަޑިން ހަމަލާ ދިނުމުގެ އިތުރުން، އަތުބޮމާއި ގޮވާތަކެތި ވެސް، ގައިދީން އުކި ކަމަށް އޭނާ ވިދާޅުވި އެވެ.
ގައިދީންގެ މާރާމާރީ މައިތިރި ކުރެވުނީ، ޖަލު ތެރެއަށް އިތުރު 400 ފުލުހުން ހަތިޔާރާއެކު ވައްދައިގެން ކަމަށް ޖަލު ބަލަހައްޓާ އިދާރާ އިން ބުންޏެވެ. އިކުއެޑޯގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި، ޖަލުގެ ގައިދީން ހަމަނުޖެހުން ހިންގީ، އެ ގައުމުގެ އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޭންގުތަކުން އަންގައިގެންނެވެ.
ހަމަނުޖެހުން ހިންގި ޖަލުގެ ފުރާޅުމަތީގައި ޖަލުގެ ގައިދީއަކު، ޖަލުގެ ބޭރުގައި ސިފައިންނާއި ފުލުހުންގެ ހަރަކާތްތައް ހުރި ގޮތް ބަލަނީ. --އޭއެފްޕީ
ފުލުހުން ބުނި ގޮތުގައި ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގަ އެވެ. ޖަލު ބަލަހައްޓާ އޮފިސަރުން އެ ހަމަނުޖެހުން ކޮންޓްރޯލް ކުރި އެވެ. ނަމަވެސް އެރޭ ދަންވަރު އަލުން ހަމަނުޖެހުން ފަށައި، އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާ ދޭން ފެށީ އެވެ. މި ހަމަނުޖެހުން މައިތިރި ކުރެވުނީ އިއްޔެ އިރު އޮއްސެން ކައިރިވެފައި ވަނިކޮށެވެ.
ހަމަނުޖެހުން ހިންގި ގައިދީން ނިސްބަތްވާ ދެ ގޭންގުގެ ކުށްވެރިން ތިބެނީ މުޅިން ވަކިން ހުންނަ ދެ ސަރަހައްދެއްގަ އެވެ. ނަމަވެސް އެއް ގޭންގެއްގެ ބަޔަކު ދެ ސަރަހައްދު ވަކިކުރާ ފާރުގެ ދަށުން ބާގަނޑެއް ހަދައިގެން އެތަނުން އަނެއް ސަރަހައްދަށް ވަދެގަނެގެން ހަމަނުޖެހުން ހިންގީ އެވެ.
މި ޖަލުގައި ތިބޭ ގައިދީންނަކީ، އިކުއެޑޯގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކުގެ މީހުން ކަމަށްވާއިރު، އެމީހުންގެ އަތުގައި ވަގަށް އެތެރެކޮށްގެން އުޅޭ ފިސްތޯލަ ފަދަ ހަތިޔާރު ހުރެ އެވެ. ނަމަވެސް އެ ތަކެތި ޖަލަށް އެތެރެކުރަނީ ޖަލުގެ އޮފިސަރުންނާ ގުޅިގެން ރިޝްވަތު ދީގެން ކަމަށް ނޫސްތަކުން ބުނެ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 80 އަށް ވުރެ މަތިވެފަ އެވެ.
ޖަލަށް ޑްރަގް ވެއްދުމުގެ ތުހުމަތުވި މީހަކު ދޫކޮށްލައިފި
ވާނުވާ ބަންދުގައި 417 މީހުން، ޖަލުތައް ފުރިފައި!
އިކުއެޑޯގެ ކާޓެލްތަކުން އަހަރަކު 30 ބިލިއަނުގެ ޑީލް!
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި
ޑްރަގްގެ ގާނޫނާއި ގޭންގް ކުށްތަކުގެ ބިލެއް މަޖިލީހަށް
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ދަން ޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ގަދަބަސް ވިދާޅުވަނީއެއް ނޫން، ގަޓު ހުރި މިނިސްޓަރެއް!
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!