Roadha Mihaaru
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ޓްރަމްޕް ތާއީދު: ޑުޓާޓެ

ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ޓްރަމްޕް ތާއީދު: ޑުޓާޓެ

04 ޑިސެމްބަރ 2016

މެނީލާ (ޑިސެމްބަރު 4) - ޑްރަގާ ދެކޮޅަށް ފިލިޕީންސް އިން މިހާރު ކުރިއަށް ގެންދާ ހަނގުރާމަ އަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތާއީދު އެބައޮތް ކަމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެނީލާ (ޑިސެމްބަރު 4) - ޑްރަގާ ދެކޮޅަށް ފިލިޕީންސް އިން މިހާރު ކުރިއަށް ގެންދާ ހަނގުރާމަ އަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތާއީދު އެބައޮތް ކަމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވި އެވެ.

ޓްރަމްޕާ އެކު ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހު ޑާވާއޯ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑުޓާޓެ ވިދާޅުުވީ އެއީ "ރަހުމަތްތެރިކަމުގެ ކޯލެއް" ކަމަށާއި ޑްރަގާ ދެކޮޅު ހަނގުރާމަ ކުރިއަށް ގެންދަނީ ރަނގަޅަށް ކަމަށް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށެވެ.

"ޓްރަމްޕް ވަނީ ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ކާމިޔާބީ އަށް އެދިވަޑައިގެންފައި. އަދި އެ މަސައްކަތް ކުރިއަށް ގެންދަނީ ރަނގަޅަށް ކަމަށް ވިދާޅުވި،" ޑުޓާޓެ ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުންނަށް ފިލިޕީންސް އިން ކަންތައް ކުރަމުންދާ ގޮތަކާ މެދު އެމެރިކާ އިން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އޮކްޓޯބަރު މަހު ޗައިނާ އަށް ކުރެއްވި ދަތުރުގައި ރައީސް އޮބާމާ އާއި ޑުޓާޓެ ބައްދަލުވުން ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ ޑުޓާޓެ ވަނީ އޮބާމާ އަށް ވަރަށް ހުތުރުކޮށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ޑުޓާޓެ ވަނީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަ ދައްކައިފި ނަމަ އެ މީހުން ގަޔަށް ބަޑި ޖެހުމަށް ފުލުހުންނަށް އަންގަވައިފަ އެވެ. ޑުޓާޓެގެ ސިޔާސަތަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

ޑުޓާޓެ ވިދާޅުވީ ޑްރަގާ ދެކޮޅަށް ފިލިޕީންސް އިން ކުރިއަށް ގެންދާ ހަނގުރާމަ ޓްރަމްޕަށް ވިސްނިވަޑައިގަންނަވާ ކަމަށާއި އަދި ގައުމު ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ގޯހެއް ނެތް ކަމަށް ޑްރަމްޕް ވިދާޅުވި ކަމަށެވެ.

"ޓްރަމްޕް ވަނީ ނިއު ޔޯކަށާއި ވޮޝިންޓަނަށް އަޅުގަނޑު ޒިޔާރަތް ކުރުމަށް ދައުވަތު ދެއްވާފައި. އަދި އަންނަ އަހަރު އޮންނަ އާސިއަން ސަމިޓަށް ޓްރަމްޕަށް ވެސް ވާނީ ދައުވަތު ދީފައި. އަދި ސަމިޓުގައި ބައިވެރިވާން ޓްރަމްޕް ބޭނުންވާ ކަމަށް ވިދާޅުވި،" ޑުޓާޓެ ވިދާޅުވި އެވެ.