10 އޮކްޓޯބަރ 2021
މީގެ ދެ އަހަރުކުރިން އައިޖީއެމްއެޗުގައި ހުޅުވި ސެންޓާ ފޯ މެންޓަލް ހެލްތުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މި އަހަރު ވަރަށް ބޮޑަށް އިތުރުވެ މިހާތަނަށް ފަރުވާ ހޯދި އަދަދު 13،000 އިން މަތިވެފައިވާ ކަަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީގެ ދެ އަހަރުކުރިން އައިޖީއެމްއެޗުގައި ހުޅުވި ސެންޓާ ފޯ މެންޓަލް ހެލްތުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މި އަހަރު ވަރަށް ބޮޑަށް އިތުރުވެ މިހާތަނަށް ފަރުވާ ހޯދި އަދަދު 13،000 އިން މަތިވެފައިވާ ކަަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ނަފުސާނީ ބަލިތަކުގެ ދުވަހާ ގުޅުވައި އައިޖީއެމްއެޗުން މިއަދު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުގައި 2019 ވަނަ އަހަރު އެ ބައްޔަށް ފަރުވާ ހޯދީ 7،246 މީހެކެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 17،708 މީހަކު ނަފުސާނީ ބައްޔަށް ފަރުވާ ހޯދާފައިވާއިރު، މި އަހަރުގެ މިހާތަނަށް އެ ބައްޔަށް 13,131 މީހަކު ފަރުވާ ހޯދާފައިވެ އެވެ.
އެއް މަހެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދީ މިދިޔަ އަހަރުގެ އޭޕްރީލް-ޖޫން މަހަށެވެ. އެއީ ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުންގައި އޮތް މުއްދަތެވެ.
އޭޕްރީލް މަހުން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުން ކުއްލިއަކަށް މައްޗަށް އަރައިގެންދިޔައިރު ޖޫން މަހާ ހިސާބަށް ދިޔައިރު ފަރުވާ ހޯދި މީހުންގެ އަދަދު 2،165 އަށް އަރާފައިވެ އެވެ. ޖޫން މަހުގެ ފަހުން އެ އަދަދު ދަށް ވަމުން ގޮސް އެވްރެޖްކޮށް ކޮންމެ މަހަކު ފަރުވާ ހޯދާ މީހުންގެ އަދަދު އުޅުނީ 1،500 ގަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އަހަރު ފެށުނީއްސުރެ ވެސް އިތުރެވެ. މީގެ ކުރިން ދެ އަހަރުގައި ވެސް އަހަރު ފެށޭކޮޅު 800 އަށް ވުރެ މަދުން މީހުން ފަރުވާ ހޯދި ނަމަވެސް މިއަހަރު ފެށުނުއިރު ވެސް 1،400 އެއްހާ މީހުން ބައްޔަށް ފަރުވާ ހޯދި އެވެ. އަދި މެއި މަހާ ހިސާބަށް ވެސް ހުރީ އެވަރަށެވެ. މެއި މަހު އެ އަދަދު އަނެއްކާ ވެސް ކުޑަކޮށް މައްޗަށް ޖެހިލުމަށް ފަހު ތިރިވި ނަމަވެސް އަނެއްކާ ވެސް ފަރުވާ ހޯދާ މީހުންގެ އަދަދު ހުރީ މައްޗަށްދާ ގޮތަށެވެ.
އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ސެންޓަރުން ނަފްސާނީ ފަރުވާ ހޯދި އަދަދުތައް--
ނަފްސާނީ އެހީތެރިކަން ހޯދުމަށް އައިޖީއެމްއެޗުގައި ބޮޑު ކިއުއެއް އަބަދުވެސް އޮވެ އެވެ. މިވަގުތު ވެސް ފަރުވާ ހޯދުމަށް ކިއުގައި 2،600 މީހަކު އެބަ ތިއްބެވެ.
ކިއު ދިގުވެގެންދަނީ އެތަނުގައި ވަސީލަތް މަދުވެފައި ނަފްސާނީ ފަރުވާ ދިނުމަށް މަދު ބަޔަކު ތިބޭތީ އެވެ.
މިވަގުތު މެންޓަލް ހެލްތު ސެންޓަރުގައި ތިބީ ހަތަރު ސައިކޭޓްރިސްޓުންނާއި ތިން ސައިކޮލޮޖިސްޓުން އަދި ދެ ސައިކޯތެރަޕިސްޓުންނެވެ. އަދި ދެ ސޯޝަލް ވޯކަރުންނާއި ދެ ކައުންސެލަރުންގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕިސްޓެއް ވެސް އެ ސެންޓަރުގައި ފަރުވާދެމުން އެބަދެ އެވެ.
މެންޓަލް ހެލްތު ސެންޓަރުގެ ކިއު 500 އަށް ދަށްވެއްޖެ
މެންޓަލް ހެލްތު ޑޭ: އޫލާގެ ވާހަކަ!
ނަފްސާނީ ބަލީގެ ފަރުވާ ފުޅާ ކުރާނަން: މިނިސްޓަރު
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
ކިޔޫ ކުޑަކުރަން ބަލި މީހުން ބަލާ ވަގުތު އިތުރުކޮށްފި
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ކެންސަރު ހޮސްޕިޓަލަށް 25 ބުރީގެ ޓަވަރެއް
އެނދު އިތުރުކޮށް، ދަރުމަވަންތަ އެއްކޮށް ބޭނުންކުރަނީ