Roadha Mihaaru
އެޓްމޮސްފިއާ ރިސޯޓްގެ ފައުންޑަރަށް ޝަރަފުވެރި އެވޯޑެއް

އެޓްމޮސްފިއާ ރިސޯޓްގެ ފައުންޑަރަށް ޝަރަފުވެރި އެވޯޑެއް

13 އޮކްޓޯބަރ 2021

ރާއްޖޭގައި ރިސޯޓްތައް ހިންގަމުން އަންނަ "އެޓްމޮސްފިއާ" ގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރަށް އިންޑިއާގެ ރައީސް ދެއްވާ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ރިސޯޓްތައް ހިންގަމުން އަންނަ "އެޓްމޮސްފިއާ" ގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރަށް އިންޑިއާގެ ރައީސް ދެއްވާ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

އިންޑިއާ އަށް ނިސްބަތްވާ، ސަލިލް ޕަނީގްރާހީ އަށް ލިބުނީ އެ ގައުމުން ބޭރުގައި އަގުހުރި ހިދުމަތްތައް ކޮށްދޭ މީހުންގެ އަގުވަޒަންކޮށް، އިންޑިއާގެ ރައީސް ދެއްވާ ޝަރަފުވެރި އެވޯޑެއް ކަމަށްވާ "ޕްރަވަސީ ބާރުތިޔާ ސަމަން އެވޯޑް" އެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު 30 މީހަކަށް މި އެވޯޑު ދެ އެވެ.

އެޓްމޮސްފިއާ ރިސޯޓްގެ ފައުންޑާ ސަލިލް ޕަނީގްރާހީ: އިންޑިއާ ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ދެއްވާ ޝަރުވެރި އެވޯޑާ ހަވާލުވަަނީ.

އެޓްމޮސްފިއާ ރިސޯޓްގެ ފައުންޑާ ސަލިލް ޕަނީގްރާހީ: އިންޑިއާ ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ދެއްވާ ޝަރުވެރި އެވޯޑާ ހަވާލުވަަނީ.

މިދިޔަ ޖެނުއަރީ މަހު ސަލިލް އަށް ލިބުނު މި އެވޯޑު ރަސްމީކޮށް އޭނާއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހަފުތާ ބަންދުގަ އެވެ.

ސަލިލް އަށް މި އެވޯޑު ލިބުނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށް އޭނާ ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިއީ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާ އިންޑިއާގެ ބޭފުޅަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ޓޫރިޒަމްގެ ދާއިރާގައި ސަލިލް އޭނާގެ ކެރިއަރު ފެއްޓެވީ މީގެ 25 އަހަރު ކުރިން ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެއްގެ ގޮތުގަ އެވެ. އޭގެ ތެރެއިން، މިދިޔަ 20 އަހަރު އޭނާ މަސައްތައް ކުރެއްވީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށް ހިދުމަތް ކުރެއްވުމުގަ އެވެ. އޭނާ ވަނީ ޓޫރިޒަމްއާ ގުޅުންހުރި ތަފާތު އެކި ކަންކަމުގައި އުޅުއްވައިފަ އެވެ. އެންމެ ފުރަތަމަ 1996 ގައި މަސައްކަތް ކުރެއްވީ ސޮނެވާފުށި ރިސޯޓުގައި ފައިނޭންޝިއަލް މެނޭޖަރެއްގެ ގޮތުގަ އެވެ.

އެޓްމޮސްފިއާ ރިސޯޓްގެ ފައުންޑާ ސަލިލް ޕަނީގްރާހީ: އެވޯޑާ ހަވާލުވުމަށް ފަހު ވާހަކަދައްކަވަނީ.

އެޓްމޮސްފިއާ ރިސޯޓްގެ ފައުންޑާ ސަލިލް ޕަނީގްރާހީ: އެވޯޑާ ހަވާލުވުމަށް ފަހު ވާހަކަދައްކަވަނީ.

އެޓްމޮސްފިއާގެ ނަމުގައި އޭނާގެ އަމިއްލަ ބްރޭންޑަކާ އެކު ކުންފުންޏެއް އުފައްދަވާ، އެންމެ ފުރަތަމަ ރާއްޖޭގައި ރިސޯޓެއް ހުޅުވީ 2013 ވަނަ އަހަރެވެ. އޭގެ ފަހުން މި ވޭތުވެދިޔަ ހަތް އަހަރު ތެރޭ އެ ކުންފުނީގެ ހަތް ރިސޯޓެއް، ސަލިލްގެ ލީޑާޝިޕްގެ ދަށުން ރާއްޖޭގައި ވަނީ ހުޅުވައިފަ އެވެ. އެންމެފަހުން ހުޅުވީ މާލެ އަތޮޅުގައި "އޯޒެން ރިސާވް ބޮލިފުށި" އެވެ. މި އަހަރު އެ ކުންފުނީގެ އިތުރު ދެ ރިސޯޓެއް ރާއްޖޭގައި ހުޅުވާނެ އެވެ. އަދި ލަންކާގައި ވެސް ރިސޯޓެއް ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަލިލް އަކީ ކާމިޔާބު ބައެއް ބްރޭންޑްތައް ކަމަށްވާ "ކަލާސް އޮފް އޮބްލޫ" އާއި "ބައި އެޓްމޮސްފިއާ" ގެ މޭސްތިރިޔާ ވެސް މެ އެވެ. އެންމެފަހުން ތައާރަފުކުރި ލަގްޒަރީ އޫބާ ބްރޭޑެއް ކަމަށްވާ "ދަ އޯޒެން ކަލެކްޝަން" އަކީ ވެސް އޭނާ އުފެއްދެވި ބްރޭންޑެކެވެ.

އެޓްމޮސްފިއާ އުފެއްދުމުގެ ކުރިން، 2003 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރެއްވީ "އީއޯއެން ރިސޯޓްސް ގްރޫޕް" ގަ އެވެ. އޭނާ އަކީ އެ ގްރޫޕްގެ ފައުންޑިން ޕާޓްނަރެއްގެ އިތުރުން، އެ ގްރޫޕްގެ ޑިރެކްޓަރު ކަމާއި ޗީފް އޮޕަރޭޓިން އޮފިސަރުކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.