Roadha Mihaaru
ގޯޑޯން: ބިޔަ މަޝްރޫއަށް ކޮލިޓީ މީހުން އުފެއްދުމުގައި!

ގޯޑޯންގެ އަމާޒު: ބިޔަ މަޝްރޫއަށް ކޮލިޓީ މީހުން ބިނާކުރުން!

17 އޮކްޓޯބަރ 2021

ކޮވިޑްގައި ވެސް ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއް ތަނަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓެވެ. ކޮވިޑުން އަރައިގަންނަމުން އަންނަ މި ދުވަސްވަރު، އެއްފަހަރާ ގިނަ ބޯޓުތަކެއް އެއާޕޯޓަށް ޖައްސަން ފެށުމުން، އެއާޕޯޓަށާއި އަދި އެއާޕޯޓު ހިންގަމުން އަންނަން އެމްއޭސީއެލް އަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއާޕޯޓުގެ އެއްފަޅިން ފެންނަނީ ފަސިންޖަރުގެ ދިގު ކިއޫތަކެވެ. އަނެއް ފަޅިން ފެންނަނީ ކޮންސްޓްރަކްޝަން ސައިޓުތަކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގައި ވެސް ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއް ތަނަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓެވެ. ކޮވިޑުން އަރައިގަންނަމުން އަންނަ މި ދުވަސްވަރު، އެއްފަހަރާ ގިނަ ބޯޓުތަކެއް އެއާޕޯޓަށް ޖައްސަން ފެށުމުން، އެއާޕޯޓަށާއި އަދި އެއާޕޯޓު ހިންގަމުން އަންނަން އެމްއޭސީއެލް އަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއާޕޯޓުގެ އެއްފަޅިން ފެންނަނީ ފަސިންޖަރުގެ ދިގު ކިއޫތަކެވެ. އަނެއް ފަޅިން ފެންނަނީ ކޮންސްޓްރަކްޝަން ސައިޓުތަކެވެ.

މުސްކުޅިވެ، ބާވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، އެތަނުގެ ކެޕޭސިޓީ އަށް ނުތަކާވަރަށް ހިދުމަތްދެމުން އަންނަ އިރު، މި އުނދަގޫ ހާލަތު ބަދަލުކުރަން އެމްއޭސީއެލުން އަންނަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގައި ވެސް ހިންގާ އެންމެ ބިޔަ މަޝްރޫއުތައް ކުރިއަށްދަނީ ވެލާނާ އެއާޕޯޓުގަ އެވެ. އަދި ދުނިޔޭގެ އެހެނިހެން އެއާޕޯޓުތަކަށް ބެލިޔަސް، އޮޕަރޭޝަންސް ހުއްޓުމަކަށް ނުގެނެސް އެއްފަހަރާ އެތައް ބިޔަ ޕްރޮޖެކްތަކެއް މިވަގުތު ކުރިއަށްގެންދަނީ ވެސް ވެލާނާ އެއާޕޯޓުގައެވެ.

އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ކުންފުނީގެ ލީޑަޝިޕަށް ބޭނުންވާ ގާބިލް މީހުން އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން--ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ކުންފުނީގެ ލީޑަޝިޕަށް ބޭނުންވާ ގާބިލް މީހުން އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން--ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއްވެސް ބުރޫއެރުމެއް ނެތި އެއާޕޯޓުގެ ހިދުމަތްތައް ދިނުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށްވީ ނަމަވެސް އެ ދެ ކަންތައް އެގޮތަށް ކުރިއަށް ގެންދިއުމަށް އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް މިވަނީ އަތުކުރި އޮޅާލައްވައި، މަސައްކަތް ފައްޓަވައިފަ އެވެ. އެއާޕޯޓުގައި ހިންގާ ގިނަ ޕްރޮޖެކްޓްތައް ނިމުމަކާ ގާތްވެފައިވާ އިރު އެމްއޭސީއެލުން އަންނަނީ އެ ތަންތަނުގެ ހިދުމަތަށް ބޭނުންވާ އާ މުވައްޒަފުން ތަމްރީނުކޮށް އަދި މިހާރު ތިބި މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ހޯދައިދިނުމުގެ މަސައްކަތް ފަށައިފަ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ ސީއީއޯ ގޯޑަން ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ، ކުންފުނީގެ ލީޑަޝިޕަށް ބޭނުންވާ ގާބިލް މީހުން އުފެއްދުން ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ ފަންތިތަކަށް ބޭނުންވާ މުވައްޒަފުން ތަރައްގީކޮށް އެ މީހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުން އެއީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ކާމިޔާބުވެއްޖެ ނަމަ އެއާޕޯޓުން ދޭ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅު ކުރެވި ދުނިޔޭގެ އެހެނިހެން ބޮޑެތި އެއާޕޯޓުތަކާ އެއް ފެންވަރަށް ވީއައިއޭ ކުރިއަރައި، ހިދުމަތްތައް ދެވިގެން ދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ގޯޑަން ވިދާޅުވީ ކާމިޔާބު ކުންފުންޏެއް ހިންގަން އެންމެ މުހިއްމު އަސާސަކީ ގާބިލް މުވައްޒަފުން ކަމަށެވެ.

"އެއާޕޯޓް ތަރައްގީކޮށް ޒަމާނީ ކުރާއިރު ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެން ހާއްސަ އިސްކަމެއް ދެން. އެކަން ކުރެވޭނީ ސްޓާފުންނަށް އިންވެސްޓްކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ގޯޑަން މީގެ ކުރިން މަސައްކަތް ކުރެއްވި މެދުއިރުމަތީގެ އެއާޕޯޓުތަކުގައި ވެސް މުވައްޒަފުންނަށް އިންވެސްޓްކޮށް، އެ މީހުން ތަރައްގީކޮށްގެން ދުރު މުސްތަގްބަލަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވެ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުން ކައުންޓަރުގައި. ހިދުމަތް އަވަސް ކުރަން މުވައްޒަފުންނަށް އިތުރު ޓްރެއިނިން ދޭން ވަނީ ނިންމާފައި --ފޮޓޯ: މިހާރު

އެމްއޭސީއެލްގެ މުވައްޒަފުން ކައުންޓަރުގައި. ހިދުމަތް އަވަސް ކުރަން މުވައްޒަފުންނަށް އިތުރު ޓްރެއިނިން ދޭން ވަނީ ނިންމާފައި --ފޮޓޯ: މިހާރު

"އަޅުގަނޑު އަބަދު މި މަގާމުގައި ނުހުރެދާނެ. މި އެއާޕޯޓް ދޫކޮށްފައިދާއިރު ލިބޭނެ އެންމެ ބޮޑު އުފަލަކަށްވާނީ މިތަނުގައި އުފައްދާ ރަނގަޅު މުވައްޒަފުން. އަދި މި މުވައްޒަފުން ވެގެންދާނީ މުސްތަގުބަލުގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ފައިދާ ކުރަނިވި ގާބިލް ދިވެހިންނަށް،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ޕްރޮޖެކްޓްގެ ތެރެއިން އެންމެ މުހިއްމު އެއް ބަޔަކީ އެއާޕޯޓްގެ އާ ޓާމިނަލް އެވެ. އާ ޓާމިނަލާ އެކު މުޅި އެއާޕޯޓުން ދޭ ހިދުމަތްތައް އަވަސްވެ، މުޅިން ތަފާތު މަންޒަރެއް ފެންނާނެ އެވެ. އާ ޓާމިނަލް ތަރައްގީކުރަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އާ ޓާމިނަލްއާ އެކު އިތުރު 1000 އަށްވުރެ ގިނަ ވަޒީފާ އުފެދި، މުވައްޒަފުން އިތުރުވާނެ އެވެ. އެމްއޭސީއެލް އިން މިހާރު ވެސް އަންނަނީ އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މުވައްޒަފުން ރެކްރޫކޮށް ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިވެހި މުވައްޒަފުން ހޯދުމާއި، ތަމްރީނުކުރުން

ގޯޑަން ވިދާޅުވީ، އެއާޕޯޓުގެ މަޝްރޫއުއަށް އިސްކަން ދީގެން ސްޓާފް ޑިވެލޮޕްމަންޓް ސްކީމުގެ ނަމުގައި އެއާޕޯޓުގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން މިހާރު އަންނަނީ، ލީޑާޝިޕް އެންޑް އޮގަނައިޒޭޝަން ޑިވެލޮޕްމެންޓަށް ދިވެހި ޖެނެރަލް މެނޭޖަރެއް އައްޔަނުކޮށް، އޭނާގެ ބެލުމުގެ ދަށުން މުވައްޒަފުން އިތުރުވާނެ ދާއިރާތައް ދެނެގަނެ ބޭނުންވާ މުވައްޒަފުން ހޯދަމުންނެވެ.

އެމްއޭސީއެލްގެ މުވައްޒަފެއް އެއާޕޯޓުގައި. މިވަގުތު އެއާޕޯޓުގެ ހުރިހާ ހިދުމަތެއް ދެނީ އެޗްޕީއޭގެ އުސޫލުތަކުގެ ތެރެއިން--

އެމްއޭސީއެލްގެ މުވައްޒަފެއް އެއާޕޯޓުގައި. މިވަގުތު އެއާޕޯޓުގެ ހުރިހާ ހިދުމަތެއް ދެނީ އެޗްޕީއޭގެ އުސޫލުތަކުގެ ތެރެއިން--

މުވައްޒަފުން ހޯދާ އިރު އެ މީހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ވެސް އެމްއޭސީއެލުން ހާއްސަ ޕްރޮގްރާމުތައް ކުރިއަށް ގެންދެ އެވެ. އަދި އެމްއޭސީއެލުން މުވައްޒަފުން ތަމްރީނު ކުރުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މުވައްޒަފުން އިތުރުކުރަން ހާއްސަ އިސްކަމެއް ދެ އެވެ. ގޯޑަން ވިދާޅުވީ، އާ ޓާމިނަލްގައި 28 ވަރަކަށް އާ ޒަމާނީ ސިސްޓަމް ގާއިމް ކުރެވޭ އިރު އެ ސިސްޓަމްތަކަށް އަހުލުވެރިވެފައިވާ މުވައްޒަފުން ހޯދަން މަސައްކަތް ކުރާ ކަމަށެވެ. މި ގާއިމުކުރެވޭ ސިސްޓަމްތަކަކީ ރާއްޖެއަށް ވެސް އަލަށް ތައާރަފްކުރެވޭ ތަކެތިކަމުން ރާއްޖެއިން ކަމަށް ގާބިލް މީހުން ހޯދުމަށް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ. އެހެންކަމުން ބޭރުގެ އެކްސްޕާޓުންގެ އެހީއާ އެކު އެކަމަށް ބޭނުންވާ ދިވެހި ތަމްރީނުކުރެވިގެން ދާނެ އެވެ.

"ދަށްފަންތީގެ ވަޒީފާތަކަށް އެތައް ހާސް އެޕްލިކޭޝަންސްތަކެއް ލިބޭ. އެކަމަކު އެއާޕޯޓުގެ ހާއްސަ ހުނަރުތަކަށް ނުވަތަ ވަޒީފާތަކަށް ކުރިމަތިލާ މީހުން މަދު،" އޭނާ ވިދާޅުވި އެވެ.

މިކަން ބަދަލުކުރުމަށް، ގޯޑަންގެ އިސްނެންގެވުމަށް ތައާރަފްކޮށްފައިވާ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުދިނުމަށް ސްކޯލާޝިޕްތައް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސީއީއޯގެ ހާއްސަ ސްކޮލަޝިޕާއި، އެމްއޭސީއެލްގެ ފަންޑް ސްކޮލަޝިޕާއި، ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް ދޫކުރެވޭ ލޯނުގެ އިތުރުން ކުރު އަދި ދިގު މުއްދަތުގެ އެކިއެކި ކޯސްތަކުގައި މުވައްޒަފުން ބައިވެރިކޮށް ތަމްރީނު ދިނުން ހިމެނެ އެވެ.

މިގޮތަށް މީހުން ތަމްރީނު ކުރެވިގެންދާއިރު، އެއާޕޯޓުގައި މި ވަގުތު މީހުން ބިނާކުރެވިފައި ނެތް ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އިސްކަން ދޭނެ އެވެ. އަދި، މީގެ ސަބަބުން އެއާޕޯޓުގައި މި ވަގުތު ނެތް ހުނަރުތައް ތައާރަފްވެގެން ދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ، މި ވަގުތަށް އެއާޕޯޓުގެ ހުރިހާ މައްސަލަތަކަށް ހައްލެއް ނުހޯދުނު ނަމަވެސް، މިހާރު މި އަޅާ ފިޔަވަޅުތަކު ސަބަބުން މުސްތަގްބަލުގައި އެއާޕޯޓުގެ ހިދުމަތްތައް މުހިއްމު ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށެވެ.