Roadha Mihaaru
ދެ ހަރަމްފުޅުގައި "ސޯޝަލް ޑިސްޓެންސިން" އުވާލައިފި

ދެ ހަަރަމްފުޅުގައި "ސޯޝަލް ޑިސްޓެންސިން" އުވާލައިިފި

17 އޮކްޓޯބަރ 2021

ކޮވިޑް-19 އިން ރަައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި އެޅި ގިނަ ފިޔަވަޅުތައް ދޫކޮށްލައި، މައްކާ އާއި މަދީނާގެ ހަރަމްފުޅަށް އާއްމު ހާލަތުގައި ވެސް މީހުން ވަންނަ ވަރަށް ވަނުމުގެ ހުއްދަ ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިން ރަައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި އެޅި ގިނަ ފިޔަވަޅުތައް ދޫކޮށްލައި، މައްކާ އާއި މަދީނާގެ ހަރަމްފުޅަށް އާއްމު ހާލަތުގައި ވެސް މީހުން ވަންނަ ވަރަށް ވަނުމުގެ ހުއްދަ ދީފި އެވެ.

"ސައުދީ ގެޒެޓް" ނޫހުން ބުނީ ކޮވިޑުން ދިފާއުވާ ވެކްސިން ޖަހާފައިވާ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލެވޭ ގޮތަަށް ތައާރަފްކުރި އުސޫލަށް އަމަލުކުރަން ފެށީ މިއަދު ކަމަށެވެ. ވެކްސިން ޖަހާފައިވާ މީހުންނަށް ދިން ލުއިތަކުގެ ތެރޭގައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ނުޖެހުމާއި މާސްކް ނާޅައި ގެއިންް ބޭރުގައި އުޅުން ހުއްދަވުން ހިމެނޭ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެ ބަލިން ރައްކާތެރި ވުމުގެ ގޮތުން، ސައުދީގައި އެޅި ފިޔަވަޅަކީ މައްކާގައި ހުންނަ އަލްމަސްޖިދުލް ހަރާމް އާއި މަދީނާގައި ހުންނަ އަލްމަސްޖިދުއް ނަބަވީ އަށް އެއް ވަގުތެއްގައި ވަދެވޭ މީހުންގެ އަދަދު މަދުކުރުމެެވެ. އެ ދެ މިސްކިތުގައި ގައިދުރުކޮށްގެން ނަމާދުކުރާ ގޮތަށް ވެސް ސައުދީ ސަރުކާރުން އޭރު އެންގި އެވެ.

ގެގުޅުގެ ވަށައިގެން ނަމާދަށްސަފު ހަދާފައި. ސޯޝަލް ޑިސްޓެންސިން މިހާރު ވަނީ އުވާލައިފައި. ފޮޓޯ: ހަރަަމައިން ޝަރީފައިން

ގެގުޅުގެ ވަށައިގެން ނަމާދަށްސަފު ހަދާފައި. ސޯޝަލް ޑިސްޓެންސިން މިހާރު ވަނީ އުވާލައިފައި. ފޮޓޯ: ހަރަަމައިން ޝަރީފައިން

ދެ ހަަރަމްފުޅުގެ މައުލޫމާތު ގެނެސްދޭ ސޯޝަލް މީޑިއާ ޕޭޖް "ހަރަމައިން ޝަރީފައިން" އިން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މަސްޖިދުއް ހަރާމާއި މަސްޖިދުއް ނަބަވީގައި، ދުރުދުރުގައި ތިބެގެން ނަމާދު ކުރުމަށްޓަކައި ޖަހާފައިވާ ސްޓިކާތައް ނެއްޓުވީ ރޭގެ އިޝާނަމާދަށް ފަހު އެވެ. މައްކާގެ ހަރަމްފުޅުގައި، ގެފުޅާއި ކައިރި ނުވެވޭ ގޮތަށް ޖަހާފައިވާ ބެރިއާ ވެސް ރޭ ވަނީ ނަގައިފަ އެވެ.

ފިޔަވަޅުތައް އުވައިލުމާއެކު، ދެ ހަރަމްފުޅުގައި ރޭ ފަތިސްް ނަމާދު ކުރީ ޖަމާއަތުގައި ސަފުހަދަން އޮންނަ އުސޫލުން [ފަޔާއި ފަައި އަދި ކޮނޑާއި ކޮނޑު ޖެހޭނެހެން] ސަފު ހަދައިގެންނެވެ. ކޮވިޑް-19 ފެތުރެން ފެށުމުން އެގޮތަށް ސަފު ހެދުން ސައުދީގައި ހުއްޓުވާފައި އޮންނަތާ މިހާރު ދެ އަހަރާއި ބައި ވެއްޖެ އެވެ.