Roadha Mihaaru
ޓީޖީއެސްޓީ ދައްކަން ޖެހޭނީ ލައިސަންސް އޮތް ނަމަ: މީރާ

ޓީޖީއެސްޓީ ދައްކަން ޖެހޭ ތަނެއް ކަމަށް ކަނޑައަޅާނީ އޮޕަރޭޓިން ލައިސަންސް ދީފައިވާ ނަމަ: މީރާ

05 ޑިސެމްބަރ 2016

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ބޭނުމަށް ޓޫރިސްޓް ހޮޓަލެއް ނުވަތަ ގެސްޓްހައުސްއެއްގެ ސަރަހައްދު ކަނޑައެޅުމުގައި ބަލާނީ ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންސް ނުވަތަ އެހެން ލިޔުމަކަށް ކަމަށް މީރާ އިން މިއަދު ބުނެފި އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލު ކުރާ ގޮތަށް ހަމަޖައްސައި، ދައުލަތުގެ ޓެކްސް އިދާރާ އިން ނެރެފައިވާ ޓެކްސް ރޫލިންއެއްގައި ވާ ގޮތުން ޓޫރިސްޓް ހޮޓަލެއް ނުވަތަ ގެސްޓްހައުސްއެއްގެ ސަރަހައްދުގެ ތެރޭގައި ހިންގާ ތަނަކުން ވިއްކާ މުދަލާއި ދޭ ހިދުމަތް ހިމެނޭނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ތެރޭގަ އެވެ. އަދި އެ ސަރަހައްދުން ބޭރުގައި ހިންގާ ތަންތަނުން ވިއްކާ މުދަލާއި ދޭ ހިދުމަތްތައް ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ ރޫލިންގައި ބުނެފައިވެ އެވެ.

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަނީ 12 ޕަސެންޓެވެ. އަދި ޓެކްސް ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ. ނަމަވެސް އާއްމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި އެ ޓެކްސް ދައްކަން ޖެހެނީ ރުފިޔާއިންނެވެ.