20 އޮކްޓޯބަރ 2021
އެމްސްޓަޑޭމް (އޮކްޓޯބަރު 20) - ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ނެދަލެންޑްސްގެ އަޔެކްސް 4-0 އިން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްނަމްޑު ބަލިކުރިއިރު، ރެއާލް މެޑްރިޑާއި އިންޓަ މިލާން މޮޅުވެއްޖެ އެވެ.
އެމްސްޓަޑޭމް (އޮކްޓޯބަރު 20) - ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ނެދަލެންޑްސްގެ އަޔެކްސް 4-0 އިން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްނަމްޑު ބަލިކުރިއިރު، ރެއާލް މެޑްރިޑާއި އިންޓަ މިލާން މޮޅުވެއްޖެ އެވެ.
އަޔެކްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑަކީ ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރޮއިސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ޑޭލީ ބްލިންޑް ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޒުވާން ފޯވަޑް އެންޓޮނީ އެވެ.
އަޔެކްސްގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނިޓުގައި ޖެހީ ސަބަސްޓިއެން ހޯލާ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު ތިން މެޗުން ޖެހި ހަވަނަ ގޯލެވެ. އަދި ލިވަޕޫލްގެ މުހައްމަދު ސަލާހަށް ވުރެ އެއް ގޯލު އިތުރަށް ޖަހައިގެން ހޯލާ އޮތީ ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ.
އިންޓަގެ ޑި ވްރޭ ގޯލު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން އަޔެކްސް އޮތީ ގުރޫޕް ސީގެ އެއްވަނައިގަ އެވެ. ޑޯޓްމަންޑް ދެވަނައިގައި އޮތީ ދެ މެޗް ކާމިޔާބު ކޮށްގެން ހޯދި ހަ ޕޮއިންޓާ އެކު އެވެ. ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ސްޕޯޓިން ވަނީ 4-1 އިން ބަސިކްތާސް ބަލިކޮށްފަ އެވެ.
ރެއާލް މެޑްރިޑާއި ޔޫކްރޭންގެ ޝަހުތަރު ޑޮންސްކް ބަލިކޮށްގެން ގުރޫޕް ޑީގެ އެއްވަނައިގައި އޮތް މޯލްޑޯވާގެ ޝެރިފް ޓިރާސްޕޯލަށް ވަނީ ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. އިޓަލީގައި ކުޅުނު މެޗު އިންޓަ ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގައި އެޑިން ޒެކޯގެ ގޯލަކުން އިންޓަ ލީޑު ނެގި ނަމަވެސް ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ޝެރިފުން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެއްވަރު ކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރެއާލް މެޑްރިޑު ބަލިކުރި ލަނޑު ވެސް ޖަހައިދިން ލަގްޒަމްބާގްގެ މިޑްފީލްޑާ ސަބާސްޓިއަން ތިލް އެވެ.
ރެއާލުން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިންޓަ މިލާނުން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަރްޓޫރޯ ވިޑާލް އާއި ސްޓެފަން ޑި ވްރޭ އެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުން އިންޓަ މޮޅުވި ފުރަތަމަ މެޗެވެ.
މި ގުރޫޕުގައި ހިމެނޭ ރެއާލް މެޑްރިޑް ރޭ މޮޅުވީ ޝަހުތަރު ޑޮންސްކާ ވާދަކޮށް 5-0 އިންނެވެ. ރެއާލްގެ ފުރަތަމަ ލަނޑަކީ ސަހުރަތުގެ ކުޅުންތެރިއެއް އަތުނަ ބައިކޮޅަށް ވަން ލަނޑެކެވެ. ބާކީ ލަނޑުތައް އެޓީމަށް ޖަހައިދިނީ ވިނީޝަސް ޖޫނިއާ އާއި ރޮޑްރީގޯގެ އިތުރުން ކަރިމް ބެންޒެމާ އެވެ. ވިނީޝަސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.
ރެއާލް މެޑްރިޑާއި ޝެރިފް ޓިރާސްޕޯލަށް ހަ ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި ޝެރިފް އޮތީ ހެޑް-ޓު-ހެޑް ޕޮއިންޓުން ކުރި ލިބޭތީ އެވެ. ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު އިންޓަ އޮތްއިރު ޝަހުތަރަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.
ވިނީގެ ހެޓްރިކުން ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"
ޑޯޓްމެންޑުންތިބީ ރެއާލް ބަލިކުރެވޭނެކަމަށް ގަބޫލުކޮށްގެން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ލައިޕްޒިގުން ރެއާލްގެ ބަލި ނުވުމުގެ ރެކޯޑް ނިންމާލައިފި
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
ރެއާލުން ޗެމްޕިއަންސް ލީގުގައި 1،000 ލަނޑުޖަހައިފި
ސްޕޯޓިން އަތްދަށުވެ ޑޯޓްމަންޑް ޔޫރޮޕާ ލީގަށް