މާލޭގައި އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
22 އޮކްޓޯބަރ 2021
މާލޭގައި އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ރޭ ދަންވަރު 1:30 ހާއިރު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން އުމުރުން 19 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ހުޅުމާލޭގައި އަންހެނަކު ރަހީނުކޮށްގެން މާލެ ގެނެސް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ރޭ ފެންމަތިވި އެވެ. ބެލެވޭ ގޮތުގައި ފުލުހުން ތަހުގީގު ކުރަނީ އެ މައްސަލަ ކަމަށް ވިޔަސް ރަހީނުކުރި ކަމުގެ މައުލޫމާތެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރި މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، އަންހެން މީހާ އަށް އަނިޔާކުރި މައްސަލައިގައި މީހުން އެ ތަނަށް އެއްވުމުން ފުލުހުން ގޮސް ފިރިހެން މީހާ ގެންދިޔައީ އެވެ. އަންހެން މީހާ އޭރު ވެސް ހުރީ އެ ތަނުގަ އެވެ.
"އެކެއް ޖެހިއިރު ހިނގި ކަމެއް. މިހާރު ގަޑިން 5:15. އަދި ކިރިޔާ ރޭކާލީ އަންހެން ކުއްޖާގެ މެޑިކަލް ހަދައި ސްޓޭމަންޓް ނަގަން ޖެހޭކަން. އެ ވެސް ރައްޔިތުން އެއްވީމާ. ދެން ބުނާނީ ހެއްކެއް ނެތޭ،" އަނިޔާގެ މި މައްސަލައިގައި ތަހުގީގަށް އެއްކުރަން ޖެހޭ މައުލޫމާތު އެއްކުރުން ލަސްވި ކަމަށް ބުނެ ޓުވިޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
އައިންތުގެ ކާރަށް ގެއްލުން ދޭ މައްސަލަ މަޖިލީހަށް
ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެއް
މަގުމަތިން ފޮށުނު ދުވަސްވީ ފިރިހެނަކު ބޭޒާރުކޮށްލައިފި
އަންހެނަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށް، ބަރަހަނާކުރި 2 މީހަކު ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި
އެތެރެކުރުން މަނާ ބޭހާއެކު މާލެއިން މީހަކު ހައްޔަރު
ރަހީނުކުރި ބަންގުލަދޭޝް މީހަކު ސަލާމަތްކޮށްފި
ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި