Roadha Mihaaru
އައިންތުގެ ކާރަށް ގެއްލުން ދޭ މައްސަލަ މަޖިލީހަށް

އައިންތުގެ ކާރަށް ގެއްލުން ދޭ މައްސަލަ މަޖިލީހަށް

02 ނޮވެމްބަރ 2020

މާލޭގައި ޓެކްސީގެ ހިދުމަތް ދޭ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދޭ އިރު އެ މައްސަލަ ރަނގަޅަށް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންްވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލީހަށް މިއަދު މައްސަަލައެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާޒިމް މިއަދު ހުށަަހެޅުއްވި މައްސަލައިގައި ވިދާޅުވީ އާމިނަތު ވަހީދާ އަށް ފުރައްސާރަކޮށް އޭނާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދެމުން ގެންދާ މައްސަލަ ތަހުގީގުކޮށް، އެކަން ކުރާ ބަޔަކަށް ހައްގު އަދަބުދިނުމަށް ގޮވައިލައްވާ ކަމަށެވެ.

މައްސަލައިގެ ބަހުސްގައި އާޒިމް ވިދާޅުވީ ފުލުހުންގެ މޮޓޯއަކީ "ޓު ޕްރޮޓެކްޓް އެންޑް ސާވް" (ރައްކާތެރިކޮށްދިނުމާއި ހިދުމަތް ކުރުން) ކަމަށް ވާއިރު އެ މޮޓޯއާ އެއްގޮތަށް ފުލުހުންނަށް މަސައްކަތް ކުރެވޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް ރައްޔިތުން ހިމާޔަތްކޮށް ނުދެވޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ ޔަގީނުން ވެސް އެކަން ވާތަނެއް ނުފެނޭ. އެކަން ވަމުންދާ ތަނެއް ވެސް ނުފެނޭ،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އީވާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އައިންތުގެ ކާރަށް ހަމަލާ ދިން މައްސަލަ އެންއައިސީން ބަލަން ޖެހޭ ކަމަށް-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އީވާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އައިންތުގެ ކާރަށް ހަމަލާ ދިން މައްސަލަ އެންއައިސީން ބަލަން ޖެހޭ ކަމަށް-- ފޮޓޯ: މަޖިލިސް

އާޒިމް ވިދާޅުވީ މި ފަސް އަަރު ދުވަހަކީ ރައްޔިތުން އެމްޑީޕީއާ މެދު ވަރަށް ބޮޑު އުއްމީދެއްކުރާނެ ފަސް އަހަރު ކަމަށާއި ރައްޔިތުން ތިބީ އިންސާފުވެރިކަމާ އެކުގައި ކަންތައްތައް ދާނެ ކަމުގެ އުއްމީދުގައި ކަަމަށެވެ. އެހެން ނަމަވެސްް ވޯޓު ދިން މީހުންގެ އުއްމީދުތަކާ އެއްގޮތަށް ކަންތައްތައް ކުރަން ހުރަސްއަޅާ ބަޔަކު ސަރުކާރުގެ ތެރޭގައި އެބަ ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުން ދިން މައްސަލަ ތަކުރާރުކޮށް ފުލުހުންނަށް ހުށަހަޅައި އެ މައްސަލަ ނުބެލި ވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ފުލުހުންގެ އިދާރާ އަށް ފަސް ފަހަރު މި މައްސަލަަ ހުށަހަޅައި މިކަން ނުބެލިވާ ކަމަށް ވާ ނަމަ މިއީ އެ އިދާރާގެ ވަރަށް ބޮޑު މައްސަލައެއް،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އަންހެނުންނަށް ވާނޭ އަބަދު ކިޔަސް ރައްކާތެރިކަން ނުލިބޭ ނަމަ ނުވާނެ ކަަމަށެވެ. ފަސް ފަހަރަށް އަންހެނަކަށް ހަމަލާދިން މީހަކު ހެކިނެތިގެން ދޫކޮށްލާފައިވާ މައްސަލަ ނެޝަނަލް އިންޓްގްރިޓީ ކޮމިޝަނުން އެ މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާއެއްގައި އާޒިމް މެމްބަރަކާ ވާހަކަ ދައްކަވަނީ: އައިންތުގެ ކާރަށް ގެއްލުންދޭތީ އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި

މަޖިލިހުގެ ޖަލްސާއެއްގައި އާޒިމް މެމްބަރަކާ ވާހަކަ ދައްކަވަނީ: އައިންތުގެ ކާރަށް ގެއްލުންދޭތީ އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި

"އެ މީހަކު ވެސް އެބަ ހޯދަން ޖެހޭ އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން، ދިވެހިރާއްޖޭގެ ފުލުސް އޮފީހުން މިކަން ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ވެސް ރަނގަޅަށް އެބަ ބަލަން ޖެހޭ. ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން އައިމިނަތު ވަހީދާއަށް މިކަން ރަނގަޅަށް ތަހުގީގުކޮށްްދޭން ޖެހޭ،" އީވާ ވިދާޅުވި އެވެ.

އާމިނަތު ވަހީދާ ދުއްވާ ކާރަށް އެންމެ ފަހުން ގެއްލުންދީފައި ވަނީ މިދިޔަ ހަފްތާގަ އެވެ. މީހެއްގެ އަތުން ކުއްޔަށް ނަގައިގެން ދުއްވާ އެ ކާރަށް ގެއްލުންދިން މިއީ ފަސް ވަނަ ފަހަރެވެ. އެ ޓެކްސީ އަށް ގެއްލުންދޭ ކޮންމެ ފަހަރަލު އަލުން މަރާމާތު ކުރަން ކޮންމެ ފަހަރަކު ވެސް 11،000-14،000ރ. ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށް އޭނާ ބުންޏެވެ.

މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެ އެވެ. އެކަމަކު މިފަހަރު، ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެ އެވެ.