Roadha Mihaaru
އަތްތިލަ ހަރު ނަމަ މަޑު ކޮށްލެވިދާނެ ގޮތްތަކެއް

އަތްތިލަ ހަރު ނަމަ މަޑު ކޮށްލެވިދާނެ ގޮތްތަކެއް

24 އޮކްޓޯބަރ 2021

އަތްތިލަ މާ ބޮޑަށް ކުރަކިވެ، ހަރުވާ މައްސަލަ އަކީ ބައެއް މީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ. އަދި މިއީ ދެ ޖިންސްގެ މީހުންނަށް ވެސް ކުރިމަތިވާ ކަމެކެވެ. އަތްތިލަ ހަރުވާ ނަމަ މިކަމަށް ފަސޭހައިން ހައްލު ވެސް ހޯދިދާނެ އެވެ. ވަގުތެއް ހޯދާލައިގެން ކޮށްލުން ރަނގަޅު ކަމަކަށް ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަތްތިލަ މާ ބޮޑަށް ކުރަކިވެ، ހަރުވާ މައްސަލަ އަކީ ބައެއް މީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ. އަދި މިއީ ދެ ޖިންސްގެ މީހުންނަށް ވެސް ކުރިމަތިވާ ކަމެކެވެ. އަތްތިލަ ހަރުވާ ނަމަ މިކަމަށް ފަސޭހައިން ހައްލު ވެސް ހޯދިދާނެ އެވެ. ވަގުތެއް ހޯދާލައިގެން ކޮށްލުން ރަނގަޅު ކަމަކަށް ވާނެ އެވެ.

މިކަން ކުރާނެ އެއް ގޮތަކީ ދެ ސައިސަމުސާ ހަކުރު އަތްތިލަ އަށް އަޅާފައި ދެތިން ތިކި ބޭބީ އޮއިލް އެޅުމަށްފަހު ދެ އަތްތިލަ ޖޯޑުކޮށް އުނގުޅާނީ އެވެ. ދެތިން މިނިޓް ވަންދެން މިހެން ހެދުމަށް ފަހު ދެން އަތް ދޮންނަން ބޭނުންކުރާ ކަހަލަ ދިޔާ ސައިބޯނި އަތްތިލައަށް އަޅާފައި އަނެއްކާ ވެސް ދެ އަތްތިލަ ޖޯޑުކޮށް އުނގުޅާނީ އެވެ. ދެތިން މިނިޓް ކޮށްފައި ދޮވެމުން އަތްތިލައިން ތަފާތު ފާހަގަ ކުރެވޭނެ އެވެ.

މިކަން އަދި މި ނޫން އެހެން ގޮތަކަށް ވެސް ކުރެވިދާނެ އެވެ. މިކަމަށް ބޭނުން ވަނީ ސަމުސަލެއްގެ ހަކުރާއި ލުނބޯ ހުތުގެ އިތުރަށް ފްރެޝް ކްރީމެވެ. މި އެއްޗެހި އަތްތިލަށް އަޅާފައި ހަމަ ކުރިން ވެސް ހެދި ގޮތަށް ދެ އަތްތިލަ ޖޯޑު ފަސް ވަރަކަށް މިނިޓް ވަންގެން އުނގުޅާފައި ދޮވެލާނީ އެވެ.

ހަރުވެފައިވާ އަތް ތިލަ މަޑުކޮށްލެވިދާނެ އަނެއް ގޮތަކީ އާދައިގެ ވަރަކަށް ހޫނު ކޮށްފައި ހުރި ބައި ޖޯޑު ކިރުގެ ތެރެއަށް ދެ ސަމުސާ ހަކުރާއި ދެ ސަމުސާ ޕްލެއިން ޔޯގަޓްގެ އިތުރުން ދެތިން ތިކި ލެވެންޑާ އެސެލްޝަލް އޮއިލް އަޅާފައި ރަނގަޅަށް މިކްސް ކޮށްލުމަށް އެއިން އަތްތިލަ ފަސް ވަރަކަށް މިނިޓް ވަންދެން މަސާޖް ކުރާނީ އެވެ.

އަތްތިލަ މަޑުކުތަން ތަފާތު އުކުޅުތައް ބޭނުންކޮށްލެވިދާނެ.

އަތްތިލަ މަޑުކުތަން ތަފާތު އުކުޅުތައް ބޭނުންކޮށްލެވިދާނެ.

ބިހުގެ ގޮބޮޅި އަކީ ވެސް އަތްތިލަ މަޑުކުރަން ބޭނުންކުރެވިދާނެ އެއްޗެކެވެ. ބިހުގެ ގޮބޮޅި ރަނގަޅަށް ގިރާލުމަށް ފަހު އެއިން އަތްތިލަ ހަފުތާ އަކު ދެތިން ދުވަހު މަސާޖް ކުރާނީ އެވެ. އޭރުން ތަފާތު ފެންނަން ފަށާނެ އެވެ.

މި ފާހަގަކުރި ކަންކަމުގެ އިތުރަށް ރޭގަނޑު ނިދާ އިރު ޕެޓްރޯލިއަމް ޖެލް (ވޭޒްލިން/ޖެނެރިކް) އަތްތިލައިގައި ރަނގަޅަށް އުނގުޅާފައި އަންގި ލައްވައިގެން ނިދާނީ އެވެ. ހެނދުނު ހޭލާ އިރު ތަފާތު އިހުސާސް ކުރެވޭނެ އެވެ.