ކްރާފްޓް މަސައްކަތުގައި ބޭނުންކުރަން ހާއްސަ ސްޕްރޭ ތެރަހެއް ބޮލަށް ޖަހައިގެން މި އަހަރުގެ ކުރީކޮޅު އިސްތަށިގަނޑު ތަތްލަވައި، ހިތި ތަޖުރިބާއެއްކުރަން ޖެހުނު އެމެރިކާގެ އަންހެން މީހާ އިސްތަށިގަނޑަށް ހާއްސަ އުފެއްދުންތަކެއް ނެރެފި އެވެ.
20 ޖޫން 2021
ކްރާފްޓް މަސައްކަތުގައި ބޭނުންކުރަން ހާއްސަ ސްޕްރޭ ތެރަހެއް ބޮލަށް ޖަހައިގެން މި އަހަރުގެ ކުރީކޮޅު އިސްތަށިގަނޑު ތަތްލަވައި، ހިތި ތަޖުރިބާއެއްކުރަން ޖެހުނު އެމެރިކާގެ އަންހެން މީހާ އިސްތަށިގަނޑަށް ހާއްސަ އުފެއްދުންތަކެއް ނެރެފި އެވެ.
މީގެ ވާހަކަ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ޓެސިކާ ބްރައުން ބުނި ގޮތުގައި އަމިއްލަ ބްރޭންޑް "ފޯއެވާ" ގެ ދަށުން ނެރެފައި ވަނީ އިސްތަށިގަނޑު ވަރުގަދަކޮށް ރީތިކުރަން ހާއްސަ ތެލެއް ކަމަށްވާ ގްރޯތު ސިމިއުލޭޓިން އޮއިލް އާއި ސްޕްރޭއެކެވެ.
ތެޔޮ އުފައްދާފައި ވަނީ އެވަކާޑޯ އާއި ކާސްޓަ ތެލާއި ރޯޒްމޭރީ ބޭނުންކޮށްގެންނެވެ. ޓެސިކާ ބުނި ގޮތުގައި އޭނާގެ އިސްތަށިގަނޑަށް "ގޮރިއްލާ" ސްޕްރޭ ތެރަސް ޖަހައިގެން ދިމާވި މައްސަލަ އަށް ހައްލެއް ހޯދަން ކުރި މަސަައްކަތުގެ ތެރެއިން އުފެއްދުންތަކެއް ނެރުނީ އިސްތަށިގަނޑަށް ހާއްސަ އުފެއްދުންތައް ނެރޭ ތަޖުރިބާކާރުންނާ ގުޅިގެންނެވެ.
"މި ތެޔޮ ބޭނުންކުރަން ފެށި ފަހުން ފާއިތުވި މުއްދަތުގެ ތެރޭގައި އަހަރެންގެން އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުވެ، އިސްތަށިގަނޑު ވަރަށް ބޯ ވެސް ވެއްޖެ،'' ޓެސިކާ ބުންޏެވެ.
އޭނާ ބުނީ ގްރޯތު ސިމިއުލޭޓިން އޮއިލް ފުޅިއެއް ވިއްކަނީ 18 ޑޮލަރަށް ކަމަށެވެ. އަދި މި އުފެއްދުން ފޯއެވާގެ ވެންސައިޓް މެދުވެރިކޮށް ގަނެވޭނެ އެވެ.
ގޮރިއްލާ ސްޕްރޭ ތެރަސް އިސްތަށިގަނޑަށް ޖަހައިގެން، ދިމާވި މައްސަލައިގެ ވާހަކަ ޓެސިކާ ސޯޝަލް މީޑިއާގައި ކިޔައިދިނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ބުނީ އެ ސްޕްރޭ ބޮލަށް ޖެހީ އެ ވަގުތު ބޮލަށް ޖަހާ ސްޕްރޭ ފުޅި ހުސްވެފައި ހުރެގެން ކަމަށެވެ.
ގޮރިއްލާ ސްޕްރޭ އެދެސިވް އަކީ ކްރާފްޓްގެ މަސައްކަތްތަކާއި ގޭތެރޭގައި ހުންނަ ކުދިކުދި މަސައްކަތްތަކަށް ބޭނުންކުރަން ހާއްސަ އެއްޗެކެވެ. އެއީ ލަކުޑި އާއި ކާޑްބޯޑް ކަރުދާސް ފަދަ އެއްޗެހީގައި ބޭނުންކުރަން ޖެހޭ ތެރަހެކެވެ. އެއީ އިސްތަށިގަނޑާއި ގައިގައި ބޭނުންކުރަން ޖެހޭ އެއްޗެއް ނޫންކަން ސްޕްރޭ ފުޅީގެ ބޭރުގައި އިރުޝާދުގެ ގޮތުގައި ލިޔެފައި އޮވެ އެވެ.
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ
ސޯސް ޕެކެޓް ކަނޑަން ހާއްސަ ޑިވައިސްއެއް
ހަލީމާ އަލުން މޮޑެލިން އަށް
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
އެތައް އަހަރަކަށްފަހު އެލެކްސާގެ އަޑުގެ ވެރިޔާ ހޯދައިފި
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
ހުވާގެ ރަސްމިއްޔާތުން ކަމަލާގެ ދޮންދަރި މޮޑެލްއަކަށް
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ކޭއެފްސީ ގޭމިން ކޮންސޯލް އަކީ ޖޯކެއް ނޫން
ގިނައިން ޝޭވްކުރާ މީހުންނަށް ޖިލެޓްގެ "ހީޓެޑް" ރޭޒަރު