25 އޮކްޓޯބަރ 2021
ވަކި ހިދުމަތެއްގެ ގޮތުގައި ރާއްޖޭގެ ފޮރިން ސާވިސް އެކުލަވައިލާ އިރު، އެ ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ފޮރިން މިނިސްޓްރީން ކަނޑައަޅާ ގޮތަށްް، ފޮރިން ސާވިސް ބިލުގައި އޮތް ބައި، ބަދަލުލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ފާސްކޮށްް ރިޕޯޓް އެކުލަވާލައިިފި އެވެ.
ވަކި ހިދުމަތެއްގެ ގޮތުގައި ރާއްޖޭގެ ފޮރިން ސާވިސް އެކުލަވައިލާ އިރު، އެ ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ފޮރިން މިނިސްޓްރީން ކަނޑައަޅާ ގޮތަށްް، ފޮރިން ސާވިސް ބިލުގައި އޮތް ބައި، ބަދަލުލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ފާސްކޮށްް ރިޕޯޓް އެކުލަވާލައިިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފޮރިން ސާވިސް ބިލު ދިރާސާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ރިޕޯޓްގަައި ހުށަހަޅާފައި އޮތީ ފޮރިން ސާވިސްގެ މުސާރަތައް ވެސް ފިނޭންސް މިނިސްޓްރީގެ ލަފަޔާ އެކު ޕޭކޮމިޝަނުން ކަމަށް ކަނޑައެޅުމަށެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މަޖިލީހަށް ހުށަހެޅުއްވި ފޮރިން ސާވިސް ބިލުގެެ 44 ވަަނަ މާއްދާގެ (ހ) ގައި އޮތީ ފޮރިން ސާވިސް މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންތައްތައް ނިންމާނީ (އެ ބިލު ގާނޫނަކަށް ވުމަށް ފަހު) އެ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގެ ދަށުން ކަމަށެވެ. ކޮމިޓީން އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހަކީ "މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޕޭކޮމިޝަނުން" ކަމަށް ކަނޑައަޅައި އެ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮރިންް ސާވިސް މުވައްޒަަފުންގެ މުސާރަ ކަނޑައެލުމުގެ ބާރު އޭނާގެ މިނިސްޓްރީއަށް ނޯންނަ ގޮތަށް، ފޮރިން ސާވިސް ބިިލު އިސްލާހުކުރަން މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ހާރިޖީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބިލުގައި އޮތް ގޮތަށް އެ މާއްދާ ފާސްކުރުމަކީ ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ މަގުސަދު ގެއްލި، ދައުލަތުން މުވައްޒަފުންނަށް ކުރާ ޚަރަދު މިހާރަށް ވުރެ ވެސް ބޮޑުވާނެ ކަމެކެވެ.
ފޮރިން ސާވިސްގައި މަސައްކަތްކުރުމަށް ފަހު ރިޓަޔާކުރާ ފަރާތްތަކަށް ދޭނެ އިނާޔަތްތައް ކަނޑައެޅުމުގެ ބާުރު ވެސް ބިލުގައި ދީފައި އޮތީ ފޮރިން މިނިސްޓަރަށެވެ. ބިލުގެ 47 ވަނަ މާއްދާގެ (ނ) ގައި އޮތް ގޮތުން ފޮރިން ސާވިސްއިން ރިޓަޔާކުރާ ފަރާތްތަަކަށް ދޭނެ މާލީ އިނާޔަތްތައް ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަނޑައަޅުއްވާނީ (ފޮރިން) މިނިސްޓަަރު ކަމަށެވެ.
ކޮމިޓީން ހުށަހަޅާފައި އޮތީ ރިޓަޔާކުރާ މުވައްޒަފުންނަށް ދޭނެ އިނާޔަތްތައް ވެސް ޕޭކޮމިޝަނުން ކަނޑައަޅާ ގޮތަށް އެ މާއްދާ އިސްލާހުކުރުމަށެވެ.
ފޮރިން ސާވިސް ބިލަށް، މިނޫނަސް ގިނަ އިސްލާހުތަކެއް، ކޮމިޓީން ހުށަހަޅާފައި އެބަހުއްޓެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ މީގެ ކުޑައިރުކޮޅެއް ކުރިން ނިންމައިލީ ބިލު ދިރާސާކޮށް، ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ބަހުސް ކުރަން ހުޅުވައިލި ވަގުތު ހަމަ ނުވެ އޮއްވަ އެވެ. އެކަމަކު އޭރު އެބިލަށް ބަހުސްކުރަަން އެދިވަޑައިގަންނަވާ މެމްބަރަކު އޭރު ނެތެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ސަފީރު ކަމަށް ސަރީރު އައްޔަން ކުރަން ރުހުންދީފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ގްރީން ޓެކްސް 12 ޑޮލަރާ ހަމައަށް ބޮޑު ކުރަނީ
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް