Roadha Mihaaru
ނައިބު ރައީސް ފުވައްމުލަކާއި އައްޑުއަށް

ނައިބު ރައީސް ފުވައްމުލަކާއި އައްޑުއަށް

26 އޮކްޓޯބަރ 2021

ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ހަތަރު ދުވަހުގެ މި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ ނައިބު ރައީސްގެ އުފަން ސިޓީ ފުވައްމުލަކަށެވެ. އޭގެ ފަަހުން އައްޑު އަށް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުގެ ތެރެއިން ދެ ސިޓީގެ ކައުންސިލާއި އެ ސިޓީތަކުގެ އިދާރާތަކުގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވާނެ އެވެ. އަދި ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައި ބައެއް މަޝްރޫއުތަކުގެ ބިންގާ ވެސް އަޅުއްވައި ދެއްވާނެ އެވެ.

އައްޑޫ ދަތުރުގެ ތެރެއިން އައްޑޫގައި ފަށާ ޓްރެއިނިން ޕްރޮގްރާމެއް ނައިބު ފައްޓަވައި ދެއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.