ބާސެލޯނާ (އޮކްޓޯބަރު 31) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ޑިޕޯޓިވޯ އަލަވޭސް އާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު، ބާސެލޯނާގެ ފޯވަޑް ސާޖިއޯ އަގުއެރޯ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
31 އޮކްޓޯބަރ 2021
ބާސެލޯނާ (އޮކްޓޯބަރު 31) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ޑިޕޯޓިވޯ އަލަވޭސް އާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު، ބާސެލޯނާގެ ފޯވަޑް ސާޖިއޯ އަގުއެރޯ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޔަށް ތަދެއް އަރައިގެން އަގުއެރޯއަށް ވަނީ ދަނޑުމަތީގައި ފަރުވާ ދީފަ އެވެ. އަދި އެއަށް ފަހު އަގުއެރޯގެ ބަދަލުގައި ފިލިޕޭ ކުޓީނިއޯ ކުޅެން އެރުވި އެވެ.
އުމުރުން 33 އަހަރުގެ އަގުއެރޯގެ ހިތުގެ ޓެސްޓުތަކެއް ހަދަން އެޑްމިޓް ކުރިކަން ބާސެލޯނާއިން ވަނީ ޔަގީންކޮށްދީފަ އެވެ.
ބާސާގެ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ދުރުކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި މެމްފިސް ޑިޕާއިގެ ލަނޑުން ބާސެލޯނާ ލީޑު ނެގި ނަމަވެސް އެޓީމަށް ލިޑު ހިފަހައްޓާލެވުނީ އެންމެ ތިން މިނިޓަށެވެ. މެޗުގެ 53 ވަނަ މިނިޓުގައި އަލަވޭސް އަށް އެއްވަރުކޮށްދިނީ ކުރިން ރެއާލް މެޑްރިޑްގެ ދެވަނަ ރިޒާވް ޓީމް (ރެއާލް މެޑްރިޑް ސީ) އަށް ކުޅުނު ލުއިސް ރިއޯހާ އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އަށް ޕޮއިންޓް ފަހަތުން، ތާވަލުގެ ނުވަ ވަނައިގަ އެވެ.
ރެއާލް މެޑްރިޑް ވަނީ ރޭ 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އެލްޗޭ އާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ރެއާލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ވިނީޝަސް ޖޫނިއާ އެވެ.
މީގެ އިތުރުން ރޭ ލަލީގާ ގައި ކުޅުނު އިތުރު މެޗްތަކުގެ ނަތީޖާތަކަށް ބަލައިލާ އިރު، ސެވިއްޔާއިން ވަނީ 2-0 އިން އޮސަސޫނާ ބަލިކޮށްފަ އެވެ. އަދި ވެލެންސިއާ ވެސް ވިޔަރެއާލާ ވާދަކޮށް މޮޅުވީ 2-0 އިންނެވެ.
އަގުއެރޯ ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ މޮޅުވެއްޖެ
ބާސެލޯނާ ލީގު އެއްވަނައިގައި ލީޑު ދަމަހައްޓައިފި
ޔަމާލް ފުރަތަމަ ފަހަރަށް ކޭމްޕް ނޫގައި ލަނޑު ޖަހައިފި
ސީޒަނުގެ އެންމެ މުހިންމު މެޗަށް ފްލިކް ސަސްޕެންޑް
ބަލިވީ ސީރިއަސް ގޯސްތަކެއް ހެދިގެން: ފްލިކް
ޔަމާލް އެނބުރި އައިސް ބާސާ އެއްވަނައަށް އަރުވައިފި
ޓްރޭނިން ދަނޑުގައި ބާސާ އިން ތިން ޕޮއިންޓް ހޯދައިފި
ބާސާއާ ޖެހުނީމަ ރެފްރީންނަށް ގޯސް ހެދެންވީ ކީއްވެ؟
ބާސާ މޮޅުވިޔަސް ލެވަންޓޭއިން "ޒަހަމްތަކެއް ދީފީ"
ބާސާގެ ޓީމަށް ދަނޑުމަތީގައި ދެއްކުނީ 50 ޕަސަންޓް