Roadha Mihaaru
އީލޮން މިހާރު ދައްކަނީ އަމިއްލަ ޔުނިވަސިޓީއެއްގެ ވާހަކަ

އީލޮން މިހާރު ދައްކަނީ އަމިއްލަ ޔުނިވަސިޓީއެއްގެ ވާހަކަ

01 ނޮވެމްބަރ 2021

މިހާރު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކަކީ އެއްގޮތަކަށް ވެސް އާދައިގެ ކަންކަން ކުރާ މީހެއް ނޫނެވެ. އެކަމަކު އޭނާ އާންމުކޮށް ދައްކާ ވާހަކަތައް ބައެއް މީހުން މާ ސީިރިއަސްކޮށް ނުނެގިޔަސް، އީލޮންއަކީ ކުރަން ގަސްތުކުރާ ކަންކަން ކާމިޔާބު ކޮށްފައި ނޫނީ ހުއްޓާލާ މީހެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކަކީ އެއްގޮތަކަށް ވެސް އާދައިގެ ކަންކަން ކުރާ މީހެއް ނޫނެވެ. އެކަމަކު އޭނާ އާންމުކޮށް ދައްކާ ވާހަކަތައް ބައެއް މީހުން މާ ސީިރިއަސްކޮށް ނުނެގިޔަސް، އީލޮންއަކީ ކުރަން ގަސްތުކުރާ ކަންކަން ކާމިޔާބު ކޮށްފައި ނޫނީ ހުއްޓާލާ މީހެއް ނޫނެވެ.

މަޝްހޫރު ކުންފުނިތައް ކަމަށްވާ ޓެސްލާ އާއި ސްޕޭސް އެކްސްގެ ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ މިހާރު ދައްކަނީ އަމިއްލަ ޔުނިވަސިޓީއެއް ހަދަން ވިސްނަވާ ވާހަކަ އެވެ. މި ވާހަކަ އޭނާ ހުކުރު ދުވަހު ޓްވީޓް ކުރުމާ ގުޅިގެން އެތައް ބަޔަކު އެ ޓްވީޓްގެ އަވާގައި ޖެހި، އެތައް ސުވާލުތަކެއް އޭނާ އަށް ކުރިމަތިވި އެވެ.

ސަބަބަކީ އެ ވާހަކަ ގިނަ ބަޔަކަށް ސަމާސާއެއްގެ ގޮތުގައި މާނަ ކުރެވުމެވެ.

އީލޮން، 50، ބުނިގޮތުގައި ޔުނިވަސިޓީއެއް ހައްދަވަން ބޭނުން ވަނީ ޓެކްސަސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ސައިންސް (ޓީއައިޓީއެސް) ގެ ނަމުގަ އެވެ. އެ ޓްވީޓާ އެކު އެންމެ ބޮޑަށް ކުރިމަތިވި ސުވާލަކީ އެކަމަށް ފަންޑް އެބަހުރިތޯ އެވެ؟. ޖަވާބުގައި އީލޮން ބުނީ އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އޭނާގެ މިލްކިއްޔާތު މިހާރު 311 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގް ބިިލިއަނާސް އިންޑެކްސްގައި ބުންޏެވެ. މިއީ މަހުޖަނެއްގެ މިލްކިއްޔާތު 300 ބިލިއަނަށް އެރި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ ފައިސާ ހުރެގެން މީހަކަށް އަމިއްލަ ޔުނިވެސިޓީއެއް ހެދޭ ނަމަ، އެކަން ކުރެވޭނީ އީލޮންއަށެވެ.

އަމިއްލަ ޔުނިވަސިޓީ އަށް ހަދަން އީލޮން ޝައުގުވެރިކަން ފާޅު ކުރިއިރު، އޭނާ ކުރިން ޔުނިވަސިޓީ/ކޮލެޖް ތައުލީމު މާ މުހިއްމު ނޫން ކަމަށް ވިދާޅުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު އީލޮން ސިފަކުރި ގޮތުގައި "ކޮލެޖަކީ މަޖާކުރަން ދާ ތަންތަން" ކަމަށާއި "ކަމެއް ދަސްކުރަން އުޅޭ މީހަކަށް އަމިއްލަ އަށް އެކަން ވެދާނެ ކަމަށް" ޕެންސަލްވޭނިއާ ޔުނިވަސިޓީން ބެޗްލާ އޮފް ސައިންސާއި ބެޗްލާ އޮފް އާޓްސް އިން ޑިގްރީ ހާސިލު ކޮށްފައިވާ އީލޮން އެވެ.

އެ ވާހަކައާ ވިއްދައިގެން އީލޮން އަށް ކުރިމަތިވި ސުވާލަކީ ޓެސްލާގެ ވަޒީފާއަކަށް ވެސް ޔުނިވަސިޓީ ކޮލިފިކޭޝަނެއް ބޭނުން ނުވޭ ހެއްޔެވެ؟ ޖަވާބަކީ "އެ މުހިއްމެއް ނޫނެވެ."