ރ. އުނގޫފާރުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން މަލްޓިސްޕެޝަލިޓީ ހެލްތު ކޭމްޕެއް މިދިޔަ ހަފުތާ ބަންދުގައި ބާއްވައިފި އެވެ.
31 އޮކްޓޯބަރ 2021
ރ. އުނގޫފާރުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން މަލްޓިސްޕެޝަލިޓީ ހެލްތު ކޭމްޕެއް މިދިޔަ ހަފުތާ ބަންދުގައި ބާއްވައިފި އެވެ.
ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވި މި ކޭމްޕުގައި އެކި ދާއިރާތަކުން ހާއްސަ ޑޮކްޓަރުން ވަނީ ހިދުމަތް ދީފަ އެެވެ. މީގެ ތެރޭގައި ކަށީގެ ހާއްސަ ޑޮކްޓަރުންނާއި އުރަމތީގެ ކެންސަރަށް ހާއްސަ ޑޮކްޓަރުންނާއި ނޭވާލާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނާއި ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނެ އެވެ.
މި ކޭމްޕުގައި ބައިވެރިވި ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ އަދި ދިވެހި ފުރަތަމަ ކަށީގެ ޑރ. މުހައްމަދު ހަބީބާއި ކޮންސަލްޓަންޓް އީއެންޓީ ޑރ. ޗަންދުރަޝޭކަރު ރަވަލް އާއި ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ އާއި ކޮންސަލްޓަންޓް ޖެނެރަލް ސާޖަރީ އަދި އުރަމަތީގެ ސާޖަރީ އަށް ހާއްސަ ޑރ. ނީޒާ ހަލީމާއި ކޮންސަލްޓަންޓް ރެސްޕިރޭޓަރީ މެޑިސިން ޑރ. ރަގުލާން ރާޖަލިންގަމް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަ ހިމެނެ އެވެ.
އުނގޫފާރާއި ރ. އަތޮޅުގެ ގިނަ ބަޔަކު ބައިވެރިވި މި ކޭމްޕުގައި ބަލިމީހުންނަށް ހެލްތު ސްކްރީނިން ހަދައިދިނުމާއި އިތުރު ފަރުވާ ބޭނުންވާ މީހުންނަށް ރިފަރަލް ވަނީ ހަމަޖައްސައިދީފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!
އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން
ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" އިން ޑިސްކައުންޓް
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕްގެ ސިއްހީ މައުލޫމާތު
ޓްރީ ޓޮޕުން ހިލޭ އެމްއާރުއައި ހެދޭ ކެމްޕެއިނެއް
ރޯޑް ރޭހުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީޓޮޕްއިން
ޓްރީޓޮޕުން މުލީގައި ހެލްތު ކޭމްޕެއް ބާއްވަނީ
ހިތުގެ ބަލިތަކަށް ހާއްސަ ކެމްޕެއިނެއް ޓްރީ ޓޮޕްގައި
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް