Roadha Mihaaru
"އާރްއާރްއާރް" ގެ ޓީޒާއަކުން ފިލްމުގެ ވަރުގަދަ ކަން

"އާރްއާރްއާރް" ގެ ޓީޒާއަކުން ފިލްމުގެ ވަރުގަދަ ކަން ދައްކާލައިފި

03 ނޮވެމްބަރ 2021

މިދިޔަ އަހަރުން ފެށިގެން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުން ފެށިގެން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމަށް ރަހު ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމުގެ ޓީޒާއާ އެކު މިއީ އަނެއްކާ ވެސް އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ދައްކުވައިދޭނެ ފިލްމަކަށް ވާނެކަން ޔަގީންކޮށް ދެ އެވެ. ސާޅީސް ހަ ސިކުންތުގެ ޓްރެއިލާ އިން ބޮޑަށް ދައްކުވައި ދީފައި އޮތީ ފިިލްމުގެ މައި ޕްލޮޓް ވެސް ބިނާކޮށްފައި އޮތް ހަނގުރާމައިގެ ހާދިސާތަކެވެ. ފިލްމުގެ ނަން "އާރްއާރްއާރް" އިން ސިފަކޮށްދޭ ގޮތަށް މިއީ "ރައިޒް، ރޯރް، ރިވޯލްޓް" ގެ އިންތިހާ ގެނެސްދޭނެ ފިލްމެކެވެ.

ޖުމްލަ 400 ކްރޯޑް ރުޕީސް (53.39 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "އާރްއާރްއާރް" އަކީ އިންޑިއާ އިނގިރޭސީންގެ އަޅުވެތިކަމުގެ ދުވަސްވަރު އޮތް އިރު، 1920 ގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

އަންނަ އަހަރުގެ ޖެނުއަރީ 7 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ދެކުނުގެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާގެ އިތުރުން ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަނެވެ.