Roadha Mihaaru
ފުޑް ޕްރޮގްރާމުން ޖެހި ހިސާބަށް އީލޮންގެ ސުވާލު

އދ. ގެ ފުޑް ޕްރޮގްރާމުން ޖެހި ހިސާބަށް މަހުޖަނު އީލޮންގެ ސުވާލު

03 ނޮވެމްބަރ 2021

ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަހުން އެހީވެއްޖެ ނަމަ ހަ ބިލިއަން ޑޮލަރުން ވެސް ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލަން އެހީއަކަށް ވެދާނެ ކަމަށް އދ. ގެ ފުޑް ޕްރޮގްރާމްގެ ޑިރެކްޓަރު ޑޭވިޑް ބީޒްލީ ދެއްކެވި ވާހަކަތަކާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު މަހުނަޖު އީލޮން މަސްކް އެކަން ވާނެ ގޮތަކީ ކޮބައިތޯ ސާފުކޮށް ދޭން އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަހުން އެހީވެއްޖެ ނަމަ ހަ ބިލިއަން ޑޮލަރުން ވެސް ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލަން އެހީއަކަށް ވެދާނެ ކަމަށް އދ. ގެ ފުޑް ޕްރޮގްރާމްގެ ޑިރެކްޓަރު ޑޭވިޑް ބީޒްލީ ދެއްކެވި ވާހަކަތަކާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު މަހުނަޖު އީލޮން މަސްކް އެކަން ވާނެ ގޮތަކީ ކޮބައިތޯ ސާފުކޮށް ދޭން އެދިއްޖެ އެވެ.

އޭނާ ވިދާޅުވީ ހަ ބިލިއަން ޑޮލަރުން ދުނިޔޭގެ ބަނޑުހައިހޫނުކަން ނައްތައިލެވިދާނެކަން ސާބިތުކޮށް ދީ ނަމަ އަމިއްލަ ކުންފުނި ޓެސްލާގައި އޮތް އޭނާގެ ހިއްސާ ވެސް ވިއްކައިލަން ތައްޔާރަށް ހުރި ކަމަށް ކަމަށެވެ. އެ ކުންފުންޏަކީ މިހާރު ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.

"ސާޅީސް ދެ މިލިއަން މީހުންނަށް ކުރިމަތިވެފައިވާ އެ މައްސަލަ އަށް ހަ ބިލިއަން ޑޮލަރުން ހައްލުކޮށް ދެވިދާނެ ގޮތްތަކެއް ޔޫއެންގެ ވޯލްޑް ފިޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ކިޔައިދީފި ނަމަ އަހަރެން މި ހުރީ ޓެސްލާގެ ހިއްސާތައް ވެސް ވިއްކާލައި ބަނޑުހޫނުކަން ނައްތައިލަން މަސައްކަތް ކުރަން ތައްޔާރަށް." އަމިއްލަ މިލްކިއްޔާތު މިހާރު 311 ބިިލިއަން ޑޮލަރަށް އަރާ މަހުޖަނު ވިދާޅުވި އެވެ.

ފުޑް ޕްރޮގްރާމްގެ ޑިރެކްޓަރު ވިދާޅުވި ހަ ބިލިއަން ޑޮލަރަށް ބަލާ ނަމަ އެއީ އިލޮންގެ މިލްކިއްތާގެ އެންމެ ދެ ޕަސެންޓެވެ.

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި މިދިޔަ ހަފުތާގައި ޑޭވިޑް ވިދާޅުވީ އީލޮން އާއި ޖެފް ބެޒޮސް ފަދަ މަހުޖަނުން އެ މީހުންގެ ތަނަވަސްކަމުން ދުނިޔޭގެ ހާލަތު ރަނގަޅުކުރަން މަސައްކަތްނުކުރާ ކަމަށެވެ.

އެ ވާހަކަތަކާ އެކު އީލޮން ކުރި ޓްވީޓްގެ ރައްދުގައި ޑޭވިޑް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ހަ ބިލިއަނުން މައްސަލަ އަށް ހައްލެއް ހޯދިދާނެ ކަމަށް ވިދާޅުވީ ނިޒާމުގެ ތެރެއިން އެކަން ބެލިފައި އޮތުމުން ކަމަށެވެ.

"ފުޑް ޕްރޮގްރާމަކީ ދެ ފުށް ފެން ގޮތަށް މަސައްކަތްކުރާ އަދި ހަރުދަނާ އެކައުންޓިން ނިޒާމެއް ވެސް އޮތް ތަނެއް،" އޭނާ ވިދާޅުވި އެވެ. "މުޅި މައްސަލަ ހަ ބިލިއަން ޑޮލަރުން ހައްލު ނުކުރުވުނަސް ބަނޑުހައި ހޫނުކަމުގައި ތިބި ސާޅީސް ދެ މިލިއަން މީހުންނަށް އެވަރުގެ އަދަދަކުން އެހީވެވި، އެ މީހުންގެ ފުރާނަ ސަަލާމަތް ކުރެވިދާނެ."

އޭނާ ވިދާޅުވި ގޮތުގައި މިއީ ކުރަން އުޅެފި ނަމަ ނުވާނެ ކަމެއް ނޫނެވެ. އެހެންވެ އެކަމާ "އުޅެން ހިނގާށޭ" އިލޮން ޓެގްކުރައްވައި ޑޭވިޑް ވިދާޅުވި އެވެ.