Roadha Mihaaru
ޑޭވިޑް އެޓެންބަރާގެ ސިފައިގައި ބޮޑު ކޭކެއް

ތިމާވެށީގެ ޝަހުސިއްޔަތު ޑޭވިޑް އެޓެންބަރާގެ ސިފައިގައި ބޮޑު ކޭކެއް

07 ނޮވެމްބަރ 2021

ތިމާވެށީގެ މައްސަލަތަކާއި ޖަނަވާރުންގެ ހައްގުތަކަށް ވެސް ވަރަށް ބޮޑަށް ވަކާލާތުކޮށް އަދި އެފަދަ މައްސަލަތަކަށް ހޭލުންތެރި ކުރުމުގައި އުޅޭ އިނގިރޭސިވިލާތުގެ މަޝްހޫރު ޝަހުސިއްޔަތު ސާ ޑޭވިޑް އެޓެންބަރާގެ ސިފައިފައި ހަދާފައިވާ ބޮޑު ކޭކެއް ކޭކް ޝޯއެއްގައި ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިމާވެށީގެ މައްސަލަތަކާއި ޖަނަވާރުންގެ ހައްގުތަކަށް ވެސް ވަރަށް ބޮޑަށް ވަކާލާތުކޮށް އަދި އެފަދަ މައްސަލަތަކަށް ހޭލުންތެރި ކުރުމުގައި އުޅޭ އިނގިރޭސިވިލާތުގެ މަޝްހޫރު ޝަހުސިއްޔަތު ސާ ޑޭވިޑް އެޓެންބަރާގެ ސިފައިފައި ހަދާފައިވާ ބޮޑު ކޭކެއް ކޭކް ޝޯއެއްގައި ދައްކާލައިފި އެވެ.

މެއި މަހުގެ 8 ގައި ފާހަގަކުރި އޭނާގެ 95 ވަނަ އުފަން ދުވަހާ ވެސް ގުޅުވައިގެން ތައްޔާރުކުރި ބޮޑު ކޭކު ދައްކާލީ މިއަދުގެ ނިޔަލަށް ބާމިންހަމްގައި ކުރިއަށް ގެންދާ ކޭކް އިންޓަނޭޝަލް ޝޯގަ އެވެ. އެޓެންބަރާގެ ސިފައިގައި ކޭކް ހަދާފައި ވަނީ ގޮނޑިއެއްގައި އޭނާ އިށީނދެގެން އިންނަ އިރު، ކައިރީގައި ތަފާތު އެކި ޖަނަވާރުންތައް ވެސް އެތުރިގެން ތިބޭ މަންޒަރު ފެންނަ ގޮތަށެވެ.

ކޭކް ތައްޔާރުކުރި ވެސްޓް-ޔޯކްޝަޔާގެ ކޭކް އާޓިސްޓް ސްޓެފެނީ ވުޑް ބުނީ އެޓެންބަރާގެ ސިފައިގައި ބޮޑު ކޭކެއް ހަދަން ނިންމީ އޭނާ އަކީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން އެންމެ ގިނައިން ވާހަކަ ދައްކާ ލެޖެންޑަކަށް ވާތީ ކަމަށެވެ.

"އޭނަ އަކީ ވަރަށް ގިނަ ބަޔަކު ރޯލް މޮޑެލްއެއް ވެސް މެ. އެހެންވެ ކޭކް ޝޯގައި ބައިވެރިވާން ނިންމި ހިސާބުން ބޭނުންވީ އެޓެންބަރާގެ ނުވަދިހަ ފަސް ވަނަ އުފަން ދުވަހާ ވެސް ގުޅުވާފައި އޭނަގެ ސިފައިގައި ކޭކެއް ހަދަން." ސްޓެފެނީ ބުންޏެވެ.

އެޓެންބަރާ އަކީ ތިމާވެށީގެ ދާއިރާގެ ތާރީހު ވެސް ދިރާސާ ކުރުމާއި ލިޔުމުގެ އިތުރުން އެ ދާއިރާ އިން ގިނަ ހުށަހެޅުންތަކެއް ވެސް ގެނެސްދީފައިވާ މީހެކެވެ. އޭގެ ތެރޭގައި "ޒޫ ކްއެސްޓް" އާއި "ނެޗްރަލް ވޯލްޑް"، "ވައިލްޑްލައިފް އޮން ވަން" އަދި "ޕްލެނެޓް އާތު" ފްރެންޗައިޒް ހިމެނެ އެވެ.

ކޭކް އިންޓަނޭޝަނަލް ޝޯގައި އެތައް ވައްތަރެއްގެ ކޭކްތައް ދައްކާލާފައިވެ އެވެ.