Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސިއެރާ ލިއޯންގައި ތެޔޮ ޓޭންކަރެއް ގޮވައި 99 މަރު

ސިއެރާ ލިއޯންގައި ތެޔޮ ޓޭންކަރެއް ގޮވައި 99 މީހުން މަރުވެއްޖެ

07 ނޮވެމްބަރ 2021

ސިއެރާ ލިއޯންގެ ވެރިރަށް ފްރީޓައުންގައި ހުކުރު ދުވަހު ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ތެޔޮ ޓޭންކަރެއް ގޮވުމުގެ ސަބަބުން މަދުވެގެން 99 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ސިއެރާ ލިއޯންގެ ވެރިރަށް ފްރީޓައުންގައި ހުކުރު ދުވަހު ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ތެޔޮ ޓޭންކަރެއް ގޮވުމުގެ ސަބަބުން މަދުވެގެން 99 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ސިއެރޭ ލިއޯންގެ ސަރުކާރު އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސުނު ފަހުން، ފްރީޓައުންގެ ރަށްބޭރު އަވަށެއް ކަމަށްވާ ވެލިންޓަންގަ އެވެ. ތެޔޮ ބަރުކޮށްގެން ދިޔަ ތެޔޮ ޓޭންކަރާއި ބާރު ދުވެލީގައި އައި މުދާ އުފުލާ ލޮރީއެއް ޖެހި މުޑިއެރުމާއެކު، ތެޔޮ ޓޭންކަރު ގޮވީ އެވެ.

އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުގެ ނާއިބު އަމަރާ ޖަމްބާއީ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 99 އަށް އަރައިފަ އެވެ. މި ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ފިހިގެންނާއި އެހެނިހެން އަނިޔާތައް ލިބިގެން 100 އަށް ވުރެ ގިނަ މީހުންނަށް މިހާރުވެސް އަންނަނީ ހޮސްޕިޓަލުތަކުގަ އާއި އެ ސަރަހައްދުގެ ކްލިނިކްތަކުގައި ފަރުވާ ދެމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި، ތެޔޮ ޓޭންކަރުން ފޭބި ތެޔޮތައް ނަގައި ރައްކާކުރަން އުޅުނު ބައެއް މީހުން ވެސް ހިމެނެ އެވެ. ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރުނީ، ޓޭންކަރުން ފޭބި ތެޔޮތައް މުޅި ސަރަހައްދަށް ފެތުރުމާ ގުޅިގެން، ތެޔޮތަކުގައި ހުޅު ހިފައިގެންނެވެ.

އެ ސަރަހައްދުގެ މަގުގެ ދެފަރާތުގައި ހުރި ގެތަކާއި ފިހާރަތަކުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނު އިރު، މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުތައް މަގުގެ އެކި ހިސާބުތަކުގައި ހުއްޓެވެ. ބައެއް މީހުން ވަނީ ކާކުކަން ވަކިނުވާ ވަރަށް އަނދައިފަ އެވެ.

މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި ނަފްސާނީ ފަރުވާ ބޭނުންވާ މީހުންނަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީން ބުނެ އެވެ.

އެ ސަރަހައްދުގައި ހުރި ނޫސްވެރިއަކު ބުނި ގޮތުގައި ތެޔޮ ޓޭންކަރު ގޮވީ، މަގުމަތީގައި ވަރަށް ގިނަ އުޅަނދުތައް ތޮއްޖެހިފައި އޮތް ގަޑިއެއްގަ އެވެ. ކާރުބާރު ބޮޑުކަމުން އުޅަނދުތައް ކުރިއަށް ނުދުއްވި ހުއްޓިފައި އޮއްވައި، އެ އުޅަނދުތަކުގެ ތެރެއަށް އައި ތެޔޮ ޓޭންކަރު ގޮވުމާއެކު، މަގުމަތީގައި ހުރި އެހެން އުޅަނދުތަކުގައި ވެސް ވަގުތުން ހުޅު ހިފި އެވެ. އަދި ގިނަ މީހުން މަރުވީ އުޅަނދުތަކުގެ ތެރޭގައި ތިއްބައި ކަމަށް ވެސް އެ ނޫސްވެރިޔާ ބުންޏެވެ.