Roadha Mihaaru
ރާއްޖެ ކުޅޭ މެޗު މާދަމާރޭ ކާނިވަލުގައި ދައްކަނީ

ރާއްޖެ ކުޅޭ މެޗު ދައްކަން މާދަމާރޭ ކާނިވަލުގައި ބޮޑު ސްކްރީން ބަހައްޓަނީ

07 ނޮވެމްބަރ 2021

މާދަމާ ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި މާދަމާ ރޭ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ދައްކަން އަލިމަސް ކާނިވަލުގައި ބޮޑު ސްކްރީން ބަހައްޓަން ނިންމައިފި އެވެ.

މާދަމާ ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި މާދަމާ ރޭ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ދައްކަން އަލިމަސް ކާނިވަލުގައި ބޮޑު ސްކްރީން ބަހައްޓަން ނިންމައިފި އެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ މާދަމާ ރޭ ރާއްޖޭ ގަޑިން 8:30 ގަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، މާދަމާ ރޭގެ މެޗު ކާނިވަލުގައި ދައްކަނީ އުރީދޫއާ ގުޅިގެން ކަމަށެވެ.

މެޗު ދައްކަން ކާނިވަލުގައި ބޮޑް ސްކްރީން ބަހައްޓާނެ: މަހްލޫފް

މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމު ކުޅުނު މެޗުތައް ވެސް ކާނިވަލުގައި ބެހެއްޓި ބޮޑު ސްކްރީނުން ދެއްކި އެވެ. އަދި އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި ވެސް ބޮޑް ސްކްރީން ބަހައްޓައިގެން ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ މެޗުތައް ދައްކައިފަ އެެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާ ބަލިކޮށްފަ އެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެމުބާރާތުގައި ގައުމީ ޓީމު ހަވީރު ކުޅުނު މެޗު ވެސް ޑޭލައިޓް ޕްރޮޖެކްޓާ ބަހައްޓައިގެން ކާނިވަލު ސަރަހައްދުގައި ދެއްކި އެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި ނުކުންނާނީ ޝީޝެލްސް އާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު އެވެ.