ސްރީ ލަންކާ ކައިރީ އުފެދެމުން އަންނަ ލޯ ޕްރެޝަރެއްގެ ސަބަބުން ރާއްޖެއަށް ވެސް މޫސުން ގޯސްވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިރޭ ބުނެފި އެވެ.
07 ނޮވެމްބަރ 2021
ސްރީ ލަންކާ ކައިރީ އުފެދެމުން އަންނަ ލޯ ޕްރެޝަރެއްގެ ސަބަބުން ރާއްޖެއަށް ވެސް މޫސުން ގޯސްވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިރޭ ބުނެފި އެވެ.
ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ލޯ ޕްރެޝަރުގެ މިސްރާބު ހުރީ ލަންކާގެ އުތުރު އައްސޭރި ފަށާ ދިމާލަށެވެ.
އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މި ލޯ ޕްރެޝަރުގެ ސަބަބުން ބޯކޮށްވާރޭ ވެހުމާ އެކު 60-70 މޭލަށް ވައިގަދަވާނެ އެވެ. އަދި ކަނޑު ވެސް ވަރަށް ބޮޑަށް ގަދަވާނެތީ މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ބޭ އޮފް ބެންގަލްގެ އިރު ދެކުނު ސަރަހައްދަށް މަސްވެރިކަމަށް ނުނިކުތުމަށް ވެސް އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންގަ އެވެ.
އެ ލޯ ޕްރެޝަރުގެ އަސަރު ރާއްޖެއަށް ކޮށްފާނެތޯ ސުވާލުކުރުމުން މެޓް އޮފީހުގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ ލޯ ޕްރެޝަރުގެ ސަބަބުން ބޯކޮށް ވާރޭ ނުވެހުނަސް ކޮންމެވެސް ވަރަކަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިވަގުތު ވެސް އޮތީ މޫސުން ގޯސްކޮށެވެ. ބ. އަތޮޅުން ފެށިގެން ތ، އަތޮޅު ހިމެނޭ ސަރަހައްދު މިވަގުތު ހުދު އެލާޓްގައި އޮތްއިރު އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
ކޮޅިގަނޑުގެ ބާރު ވަނީ ގަދަވެފައި، މޫސުމަށް ސަމާލުވޭ
ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ: މެޓް
48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގެ ބައެއް ސަރަހައްދުތައް ފެނު އަޑީގައި
މޫސުން ގޯސްވެ 12 އަތޮޅަށް ވައިޓް އެލާޓް
ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް