Roadha Mihaaru
މޫސުން ގޯސްވެ، މުބާރާތް ފެށުން މާދަމާއަށް ފަސްކޮށްފި

ކޮލަމްބޯ އަށް މޫސުން ގޯސްވުމުން މުބާރާތް ފެށުން މާދަމާ އަށް ފަސްކޮށްފި

08 ނޮވެމްބަރ 2021

ސްރީ ލަންކާގައި މިރޭ ފެށުމަށް ހަމަޖެހިފައި އޮތް، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވާ ދެ މެޗު، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ އަށް ފަސްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްރީ ލަންކާގައި މިރޭ ފެށުމަށް ހަމަޖެހިފައި އޮތް، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވާ ދެ މެޗު، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ އަށް ފަސްކޮށްފި އެވެ.

ކޮލަމްބޯ އަށް މިއަދަކީ ވިއްސާރަ ދުވަހެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ޝީޝެލްސް ކުޅެން ހަމަޖެހިފައިވާ މެޗު މާދަމާ އަށް ފަސްކޮށްފައިވާކަން ފުޓްބޯލް ސްރީ ލަންކާއިން މިއަދު ހެނދުނު އިއުލާން ކުރި އެވެ.

ރާއްޖެ އާއި ލަންކާ މެޗު ކެންސަލް ކުރިކަން މިއަދު ހަވީރު އިއުލާން ކުރީ މެެންދުރުރު ފަހުން ވެސް މޫސުން އަލި ނުވުމުންނެވެ. މިރޭ ރާއްޖޭ ގަޑިން 8:30 ކުޅެން އޮތް މެޗު ދެން ކުޅޭނީ މާދަމާ ރޭ ރާއްޖޭ ގަޑިން 8:30 ގަ އެވެ. ޝީޝެލްސް އާއި ބަންގަލްދޭޝް މެޗު އޮންނާނީ މާދަމާ ހަވީރު ރާއްޖޭ ގަޑިން 3:30 ގަ އެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަސް ކުރިކަން ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަނުން އިއުލާން ކުރި ޕޯސްޓް

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފެށުމުގެ ކުރިންނެވެ. ހުޅުވުމުގެ ރަސްމިއްޔާތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ލަންކާ އަށް ވަޑައިގެންފަ އެވެ. ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ނަންފުޅަށް ނިސްބަތް ކުރި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެގައުމަށް ވަޑައިގެންނެވީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ ދެއްވި ދައުވަތަކަށެވެ.

މިއަދު ފަށަން އޮތް މުބާރާތް މާދަމާ އަށް ފަސް ކުރުމުން، މުބާރާތުގެ އެހެން މެޗުތައް ކުޅެން ހަމަޖެހިފައިވާ ތާރީހްތަކަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ.