Roadha Mihaaru
ސަރުކާރުގެ ބައެއް އިސްބޭފުޅުން މަގާމުން ވަކިކޮށްފި

ސަރުކާރުގެ ބައެއް އިސް މަގާމުތަކުން ބޭފުޅުންތަކެއް ވަކިކޮށްފި

07 ޑިސެމްބަރ 2016

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ބައެއް އިސްވެރިން އިއްޔެ މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ބައެއް އިސްވެރިން އިއްޔެ މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކުން އިއްޔެ ވަނީ ފަސް ބޭފުޅަކު ވަކިކުރައްވައިފަ އެވެ. އެއީ:

1- މުހައްމަދު ޔާސިރު- ނައިބު ރައީސް، ޕްރައިވެޓައިޒޭޝަން ބޯޑް

2- މުހައްމަދު ޒުހައިރު (ޝީ ޒުހައިރު)- ސީނިއާ ޕޮލިސީ އެގްޒެކެޓިވް، ފިނޭންސް މިނިސްޓްރީ

3- އަބްދުލް ޣަފޫރު އަބްދުއްލަތީފް- ސީނިއާ ޕޮލިސީ އެގްޒެކެޓިވް، ފިނޭންސް މިނިސްޓްރީ

4- ޑރ. މުހައްމަދު އަލީ- ސްޓޭޓް މިނިސްޓަރު، ހައުސިން މިނިސްޓްރީ

5- މުހައްމަދު ގުބާދު އަބޫބަކުރު- ސީނިއާ ޕޮލިސީ އެގްޒެކެޓިވް، އިސްލާމިކް މިނިސްޓްރީ

މި ފަސް ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. މި ބޭފުޅުންގެ އިތުރުން ވެސް ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރަކު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި މުހައްމަދު ޝަހުނީމް އާއި އަހުމަދު ނާޒިމް (ހެރިންސް އައްމަޑޭ) އަދި އަހުމަދު ޒަމީލެވެ.