Roadha Mihaaru
ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ

ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ

02 އޯގަސްޓް 2018

ޖެންޑާ މިނިސްޓަރުގެ ނައިބަކަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، ޑރ. ސުނީނާ ރަޝީދު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖެންޑާ މިނިސްޓަރުގެ ނައިބަކަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، ޑރ. ސުނީނާ ރަޝީދު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

ގދ. ރަތަފަންދޫ، ކާނިގަސްދޮށުގޭ ސުނީނާ ދިވެހި ގައުމީ ޔުނިވަސިޓީ ގައި ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެއްގަ އެވެ.

އޭނާ ވަނީ އިންޑިއާގެ މައިސޫރު ޔުނިވާސިޓީން މާސްޓާ އޮފް އެޑިއުކޭޝަން އެންޑް ސްކޫލް މެނޭމަންޓް ހާސިލް ކުރައްވައިފަ އެވެ.

ކުރިން އެމްއެންޔޫ ގައި ވެސް އުޅުއްވި ސުނީނާ ވަނީ ސީއެޗްއެސްއީ ގައި ކެމިސްޓްރީ ޓީޗަރަކަށް އަދި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ސުނީނާއާ އެކު، ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ޖެންޑާ މިނިސްޓްރީ ގައި މިހާރު ތިއްބަވަނީ ހަތަރު ބޭފުޅެކެވެ.