Roadha Mihaaru
ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި

ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި

04 ޑިސެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތިން މިނިސްޓްރީއަކަށް އިތުރު ތިން ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތިން މިނިސްޓްރީއަކަށް އިތުރު ތިން ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ. މިއާ އެކު، މިހާތަނަށް ވަނީ 20 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފަ އެވެ. މީގެ އިތުރުން ރައީސް އޮފީހަށް މިހާތަނަށް ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ނުވަ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.

މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން:

1- އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: އަބްދުﷲ ރަޝީދު ހަސަން (ފުވައްމުލަކު މާދަޑު، ވެށި)

2- ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: މުހައްމަދު ހާޝިމް (ހއ. ދިއްދޫ، ނައިލޯނުގެ)

3- އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: އަބްދުﷲ ނަސީރު (ސ.ހިތަދޫ، ރަށްދެބައިގެ)

މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.