Roadha Mihaaru
ކުއްޖަކާ ބެހުނުކަން ނޭންގުމުން ތިން މީހަކަށް ދައުވާ

ޓްރީޓޮޕްގައި ކުއްޖަކާ ބެހުނު ކަން ނޭންގި މައްސަލަ: އިސް ތިން މީހަކަށް ދައުވާކޮށްފި

10 ނޮވެމްބަރ 2021

ޓްރީޓޮޕް ހޮސްޕިޓަލްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ނުކުރި މައްސަލާގައި އެތާނގެ އިސް ތިން މީހަކަށް ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓްރީޓޮޕް ހޮސްޕިޓަލްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ނުކުރި މައްސަލާގައި އެތާނގެ އިސް ތިން މީހަކަށް ދައުވާކޮށްފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ކުއްޖަކަށް އެ ހޮސްޕިޓަލްގެ ބިދޭސީ ނަރުހަކު ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ ޖެނުއަރީ މަހު ފެންމަތިވި އެވެ. އެކަމަކު އޭގެ ކުރިން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ވަނީ ރާއްޖެއިން ފުރައިފަ އެވެ.

ދައުވާކުރި ތިން މީހުންނަކީ، ޓްރީ ޓޮޕް ހިންގުމާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ސީއޯއޯ އާދިލް މޫސާ އާއި ޓްރީޓޮޕްގެ ދެ ބޭފުޅެއް ކަމަށްވާ އައިމިނަތު ސުހާ އާއި ނަޒީރާ ނަޖީބެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޓްރީޓޮޕްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހަކު 17 އަހަރުގެ ކުއްޖަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާ ތިން މީހަކަށް ދައުވާ ކޮޮށްފައިވާ ކަމަށެވެ. އެކަމަކު ދައުވާކުރީ ކޮން ބަޔަކަށް ކަމެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު ބުނާގޮތުން ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގައިފި ކަން އެނގިހުރެ އެކަން ރިޕޯޓް ނުކޮށްފި ނަމަ، ހަ މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ރާއްޖެއިން ބޭރަށް ދިއުމުން އޭނާ ރާއްޖެ ނާދެވޭ ގޮތަށް ކުރިން ވަނީ ބްލެކް ލިސްޓްކޮށްފަ އެވެ.