Roadha Mihaaru
ކުއްޖަކާ ބެހުމުން ޖަލަށް، މައިގަނޑު ހެއްކަކީ ޑީއެންއޭ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އާއިލީ މީހަކު 15 އަހަރަށް ޖަލަށް؛ މައިގަނޑު ހެއްކަކީ ޑީއެންއޭ

10 ނޮވެމްބަރ 2020

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ އާއިލީ މީހަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ އާއިލީ މީހަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރ. އަތޮޅުގެ ރަށެއްގައި ނޮވެމްބަރު، 2016 ކުޑަކުއްޖަކު ވަލު ތެރެއަށް ގެންގޮސް އެ ކުއްޖާއާ ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި މައްސަލާގައި އެ ކުއްޖާއާ އޭރު އާއިލީ ގޮތުން ގުޅުން އޮތް މީހަކު ޖަލަށްލާން މިއަދު ހުކުމްކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގަ އެވެ.

ކުށްކުރި މީހާގެ ނަމާއި އާއިލީ ގުޅުން ހަބަރުގައި ހިމަނާފައި ނުވަނީ އަނިޔާ ކުއްޖާގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މައިގަނޑު ހެއްކަކީ ޑީއެންއޭ ކަމަށް ބަލައިގެން ކަމަށެވެ. ކުށް ސާބިތުކުރުމަށް ޑީއެންއޭ އާއި އެއަށް ބާރުދޭ ހެއްކެއްގެ ގޮތުން ގޮތުން އެ ކުއްޖާ ކިޔައިދިން ވާހަކަތަކާއި އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ހުރި ކަމަށް ބަޔާންކުރާ ޑޮކްޓަރުންގެ ރިޕޯޓްތަކަށް ޝަރީއަތުން ރިއާޔަތްކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމްގެ ޓްވީޓް

ޝަމީމް ކުރެއްވި ޓްވީޓެއްގައި، މި މައްސަލަ ހިނގަމުން ދިޔައިރު ޕީޖީ އޮފީހުުގެ ވިކްޓިން ސަޕޯޓް ޔުނިޓުން އަނިޔާލިބުނު ކުއްޖާ އާއި އޭނާގެ އާއިލާއަށް އެ މައްސަލާގެ މައުލޫމާތު ގަވާއިދުން ފޯރުކޮށް ދެމުން ދިޔަ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން މައްސަލަތަކުގައި ވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.