ބީއެމްއެލް އިން ތައާރަފްކުރި "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" ގެ ދަށުން ތިން ކުއްޖަކަށް ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.
10 ނޮވެމްބަރ 2021
ބީއެމްއެލް އިން ތައާރަފްކުރި "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" ގެ ދަށުން ތިން ކުއްޖަކަށް ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.
މިއީ އަންނަ އަހަރު ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރުތަމަ ހަރަކާތެވެ. އެ ގޮތުން މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ތިން ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވެ އެވެ. މި ފަންޑަކީ ކޮންމެ އަހަރަކު ވެސް ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މާލީ ދާއިރާ އިން ބިނާ ކުރުމުގެ އަމާޒުގައި ހުޅުވާލި ފަންޑެކެވެ.
ބޭންކުން ހުޅުވާލި ސްކޮލާޝިޕަށް ކުރިމަތިލުމަށް އިއުލާނު ކުރާނީ ފަހުގެ ތާރީހެއްގަ އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭންކަށް 40 އަހަރު ފުރުމަކީ ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކުރިއަށް އޮތްތަނުގައި ވެސް އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް. މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރެވެނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް،" އޭނާ ވިދާޅުވި އެވެ.
ޓިމް ވިދާޅުވީ، މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް އާންމުންގެ ކިބައިން އެދޭ ކަމަށެވެ. އަދި ކޮޕް ސަމިޓްގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނައި، ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް ސްކޮލަޝިޕް ފަންޑް ތިން މީހަކަށް ދީފި
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް
ރިނބުދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި