ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރަން ބީއެމްއެލްއިން ތައާރަފް ކޮށްފައިވާ ސްކޮލަޝިޕް ފަންޑުން ފުރުސަތު ލިބުނު މީހުން މިއަދު އިއުލާންކޮށްފި އެވެ.
24 ޑިސެމްބަރ 2024
ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރަން ބީއެމްއެލްއިން ތައާރަފް ކޮށްފައިވާ ސްކޮލަޝިޕް ފަންޑުން ފުރުސަތު ލިބުނު މީހުން މިއަދު އިއުލާންކޮށްފި އެވެ.
މި ސްކޮލަޝިޕް ލިބުނީ ރީޝަމް މުހައްމަދާއި ނޫރުހާން މުހައްމަދު މޫސާ އާއި އައިޝަތު ޝަރާ ނަސީރެވެ.
މި ސްކޮލަޝިޕްގެ ދަށުން ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން ކިޔެވޭނެ އެވެ. އެގޮތުން އެކައުންޓިން އާއި ފައިނޭންޝަލް ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އިންޖިނިއަރިން އާއި ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން ޑިގްރީ ހެދޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެ ސްކޮލަޝިޕް ފުރުސަތަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސްގެ ދާއިރާ ފުޅާކުރުމަށް އެ ބޭންކުން ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ޒުވާނުންނަށް މިފަދަ ފުރުސަތު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބޭންކުން ދެކޭ ކަމަށް ވިދާޅުވި އެވެ.
މިއަހަރު ވެސް ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތިން ކުއްޖަކަށް ބޭންކުން ދީފައިވެ އެވެ. ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ އާއި މަހުން މަހަށް ހިނގާނެ ހަރަދުގެ އިތުރުން ވިސާ ފީ އަދި ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް ސްކޮލަޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު ހަ ކުއްޖަކު ދަނީ ކިޔަވަމުންނެވެ.
މިއީ މި ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ދިން ތިން ވަނަ އަހަރެވެ.
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ބޭންކިން ދާއިރާއިން ކިޔަވަން ބީއެމްއެލުން ފުރުސަތު ދެނީ
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް
ރިނބުދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި