Roadha Mihaaru
ސާބިއާއިން ރޮނާލްޑޯގެ ޕޯޗުގަލް ހިތްދަތިކޮށްލައިފި

ސާބިއާ އިން ރޮނާލްޑޯގެ ޕޯޗުގަލް ހިތްދަތިކޮށްލައިފި

15 ނޮވެމްބަރ 2021

ލިޒްބަން (ނޮވެމްބަރު 15) - ސާބިއާގެ އެލެގްޒެންޑާ މިޓްރޯވިޗް އެންމެ ފަހު ވަގުތު ޖެހި ލަނޑުން ޕޯޗްގަލް ބަލިކޮށް ސާބިއާ ވޯލްޑް ކަޕްގެ ސީދާ ޖާގަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލިޒްބަން (ނޮވެމްބަރު 15) - ސާބިއާގެ އެލެގްޒެންޑާ މިޓްރޯވިޗް އެންމެ ފަހު ވަގުތު ޖެހި ލަނޑުން ޕޯޗްގަލް ބަލިކޮށް ސާބިއާ ވޯލްޑް ކަޕްގެ ސީދާ ޖާގަ ހޯދައިފި އެވެ.

ޕޮއިންޓެއް ހޯދައިގެން ވެސް ވޯލްޑް ކަޕުގެ ޖާގަ ޔަގީން ކުރެވެން އޮތް ޕޯޗްގަލް އަށް އެކަން ނުކުރެވުމުން އެ ޓީމަށް ކުރަން ޖެހޭ އިންތިޒާރު ދިގުވީ އެވެ. ދެން ޕޯޗުގަލަށް އޮންނާނީ އަންނަ އަހަރު މާޗްގައި ކުޅޭ ޕްލޭއޮފް އަށް އިންތިޒާރު ކުރުމެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޕޯޗްގަލް، މެޗު ފަށައިގެން ދެވަނަ މިނެޓްގައި ރެނޯޓޯ ޗަންޗޭސް ލަނޑު ޖަހައިދިނުމުން ޕޯޗްގަލް އަށް މެޗުގެ ކޮންޓްރޯލް ލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު 33 ވަނަ މިނިޓްގައި ޑޫސަން ޓަޑިޗް ސާބިއާ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މިޓްރޯވިޗް ލަނޑު ޖެހީ ޓަޑިޗް ދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ސާބިއާ މޮޅުކޮށްިން ލަނޑު ޖެހި މިޓްރޯވިޗް ---- ފޮޓޯ: އޭއެފްޕީ

ސާބިއާ މޮޅުކޮށްިން ލަނޑު ޖެހި މިޓްރޯވިޗް ---- ފޮޓޯ: އޭއެފްޕީ

ފަހު ވަގުތު ބަލިވުމުން ޕޯޗްގަލްގެ ކުޅުންތެރިން ތިބީ މާޔޫސްވެފަ އެވެ. ޓީމުގެ މިޑްފީލްޑާ ޖޯއާ ޕަލީނިއާ ބުނީ، ބަލިވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުޅުންތެރިން އަމިއްލަ އަށް ކަމަށެވެ.

"ސަބަބަކީ އަހަރެމެންނަށް ރަނގަޅު ގޭމެއް ނުކުޅެވުނީ،" އޭނާ ބުންޏެވެ. "ޑްރެސިން ރޫމްގައި އެންމެން ވެސް ތިބީ ވަރަށް ދެރަވެފައި. އެކަމަކު މިއީ ވެދާނެ ގޮތެއް. އެކި ފަހަރު އެކި އުނދަގޫތައް ހުންނާނެ. އަހަރެމެންނަށް ދެން އޮތީ ޕްލޭއޮފް އަށް ތައްޔާރުވުން. މި ޓީމުގައި ކޮލިފައިވުމުގެ ގާބިލުކަން އެބަހުރި."

މިޓްރޯވިޗް ބުނީ ސާބިއާ އަށް ކާމިޔާބު ލިބުނީ ޓީމުގެ މަސައްކަތާ މެދު ކުޅުންތެރިން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.

"ހިތްވަރު އެލުވައިނުލައި ކުޅެފިއްޔާ އަހަރެމެންނަށް އެނގޭ އަހަރެމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފެންނާނެކަން. އެކަން މިއަދު ފެނިގެން މި ދިޔައީ."