Roadha Mihaaru
"ހެރީ ޕޮޓާ" ގެ ރީޔުނިއަންއެއް ޖެނުއަރީގައި

"ހެރީ ޕޮޓާ" ގެ ރީޔުނިއަންއެއް ޖެނުއަރީގައި އެޗްބީއޯ މެކްސް އަށް

18 ނޮވެމްބަރ 2021

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ހެރީ "ޕޮޓާ ސީރީޒް" ގެ ފުރަތަމަ ފިލްމު "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" ރިލިޒް ކުރިތާ އަންގާރަ ދުވަހަށް 20 އަހަރުވުމާ ދިމާކޮށް، އޭގެ ރިޔުނިއަންއެއް އަންނަ އަހަރުގެ ޖެނުއަރީގައި ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ހެރީ "ޕޮޓާ ސީރީޒް" ގެ ފުރަތަމަ ފިލްމު "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" ރިލިޒް ކުރިތާ އަންގާރަ ދުވަހަށް 20 އަހަރުވުމާ ދިމާކޮށް، އޭގެ ރިޔުނިއަންއެއް އަންނަ އަހަރުގެ ޖެނުއަރީގައި ގެނެސްދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ބުނެފައި ވަނީ ކުރީގެ ވަރަށް ގިނަ ކާސްޓުން ބައިވެރިކޮށްގެން "ހެރީ ޕޮޓާ ޓުވެންޓިއެތު އެނިވާސަރީ: ރިޓާން ޓު ހޮގްވާޓްސް" ބެލުންތެރިންނަށް ގެނެސްދޭނީ ޖެނުއަރީ 1 ގައި އެޗްބީއޯ މެކްސް އިން ކަމަށެވެ. އެއީ މި އަހަރު "ފްރެންޑްސް ރީޔުނިއަން" އެޕިސޯޑް ސްޓްރީމްކުރި ޕްލެޓްފޯމެވެ.

"ހެރީ ޕޮޓާ" ސީރިޒްގެ ފުރަތަމަ ފިލްމު ރިލީޒްކުރީ ނޮވެމްބަރު 16، 2001 ގަ އެވެ. އޭގެ ޖުމްލަ 8 ފިލްމު ބެލުންތެރިންނަށް ފެނެސްދިނެވެ. އެ ސީރީޒްގެ މައިގަނޑު ތަރިންނަކީ ޑެނިއަލް ރެޑްކްލިފް އާއި އެމާ ވަޓްސަންގެ އިތުރުން ރުޕަޓް ގްރިންޓެވެ. އެ މީހުންނަކީ "ހެރީ ޕޮޓާ" ކުޅުނުއިރު ކުޑަކުދިންނެވެ. އެކަމަކު މިހާރު ޒުވާނުންނެވެ. ޑެނިއަލް، 32، އާއި އެމާ، 31، އަކީ މިހާރު ހޮލީވުޑްގެ ލީޑް ތަރިން ވެސް މެ އެވެ.

"ހެރީ ޕޮޓާ" ރީޔުނިއަން ވެސް ގެނެސްދޭނީ ފުރަތަމަ ދެ ބައި ގެނެސްދިން ޑައިރެކްޓަރު ކްރިސް ކޮލަމްބަސްގެ މޭސްތިރިކަމުގެ ދަށުންނެވެ.

ފިލްމު ސީރީޒް އަށް 20 އަހަރުވެފައިވާތީ "ހެރީ ޕޮޓާ" ގެ 8 ފިލްމު ވެސް އެޗްބީއޯ މެކްސް އިން މިހާރު އަންނަނީ ސްޓްރީމްކުރަމުންނެވެ.

ޖުމްލަ 1.2 ބިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުތަކަށް ބޮކްސް އޮފީހުގަ ޖުމްލަ 7.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. "ހެރީ ޕޮޓާ" އަކީ ހަމަ އެ ނަމުގައި އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން ގެނެސްދިން ވާހަކަ ސީރީޒަށް ބިނާކޮށް ހެދި އެއްޗެކެވެ.