Roadha Mihaaru
"ހެރީ ޕޮޓާ" ގެ ޓީވީ ސީރީޒެއް އިއުލާނުކޮށްފި

"ހެރީ ޕޮޓާ" ގެ ޓީވީ ސީރީޒެއް އިއުލާނުކޮށްފި

17 އެޕްރީލް 2023

ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ މަޝްހޫރު ފޮތް ސީރީޒް "ހެރީ ޕޮޓާ" އަށް ބިނާކޮށް މުޅިން އާ ޓީވީ ސީރީޒެއް ހަދަން އެޗްބީއޯ މެކްސް އިން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ މަޝްހޫރު ފޮތް ސީރީޒް "ހެރީ ޕޮޓާ" އަށް ބިނާކޮށް މުޅިން އާ ޓީވީ ސީރީޒެއް ހަދަން އެޗްބީއޯ މެކްސް އިން ތައްޔާރުވެއްޖެ އެވެ.

އެޗްބީއޯ މެކްސްގެ އިންސްޓަގްރާމުގައި ޝެއާކުރި ޓީޒާއަކާ އެކު ބުނީ، ދާދި ފަހުން ރިބްރޭންޑުކުރި މެކްސް އިން "ހެރީ ޕޮޓާ" ގެ ފުރަތަމަ ޓީވީ ސީރީޒަށް އޯޑަރުކޮށްފައިވާ ކަމަށެވެ.

ހެރީ ޕޮޓާގެ އަށް ފިލްމުގައި އުޅުނު މެއިން ކެރެކްޓާއިން؛ ހެރީ ޕޮޓާ (ޑެނިއަލް ރެޑްކްލިފް) ހަމައިނީ (އެމާ ވޮޓްސަން) އަދި ރޮން ވީސްލީ (ރޫޕާޓް ގްރިންޓް)

ހެރީ ޕޮޓާގެ އަށް ފިލްމުގައި އުޅުނު މެއިން ކެރެކްޓާއިން؛ ހެރީ ޕޮޓާ (ޑެނިއަލް ރެޑްކްލިފް) ހަމައިނީ (އެމާ ވޮޓްސަން) އަދި ރޮން ވީސްލީ (ރޫޕާޓް ގްރިންޓް)

"ހެރީ ޕޮޓާ" ފޮތް ސީރީޒަށް ބިނާކޮށް މީގެ ކުރިން އުފެއްދި އަށް ފިލްމަކީ ވެސް ގިނަބައެއްގެ މަގްބޫލުކަން ހޯދި ފިލްމުތަކެކެވެ.

އާ ޓީވީ ސީރީޒްގެ ހަބަރާ އެކު "ހެރީ ޕޯޓާ" ގެ ފޮތްތަކަށް ލޯބިކުރާ މީހުން އުފާފާޅުކުރި ނަމަވެސް، ފިލްމުތަކުގެ ފޭނުން ތިބީ ހިތްހަމަނުޖެހިފަ އެވެ. ސަބަބަކީ "ހެރީ ޕޮޓާ" ފިލްމުތަކުގެ ކެރެކްޓާއިންނަށް ދިރުން ގެނެސްދިން ޑެނިއަލް ރެޑްކްލިފް އާއި އެމާ ވޮޓްސަން އާއި ރުޕާޓް ގްރިންޓު އަދި އެހެން އެކްޓަރުންތައް، އާ ސީރީޒްގައި ނުފެންނާނެތީ ކަމަށް އެ މީހުން ބުނެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ސީރީޒް އެޗްބީއޯ އަދި އެޗްބީއޯ މެކްސް ގައި 10 އަހަރަށް ދިގުދެމިގެންދާނެ ކަމަށް ނޫސްތަކުން ބުނެ އެވެ. އަދި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި، ޖޭކޭ ރޯލިން ވެސް ހަރަކާތްތެރިވާގޮތަށް ވަނީ ނިންމައިފަ އެވެ.

މި ސީރީޒަކީ ވަރަށް ބޮޑު ބަޖެޓަކާ އެކު އުފައްދާ ސީރީޒެއް ކަމަށް، އެޗްބީއޯގެ ސީއީއޯ ކޭސީ ބްލޯއީސް ބުނެފައިވެ އެވެ. އޭނާ ބުނިގޮތުގައި، "ހެރީ ޕޮޓާ" ގެ އާ ސީރީޒްގެ ބަޖެޓު، "ހައުސް އޮފް ޑްރެގަން" ގެ ބަޖެޓަށް ވުރެ ވެސް ބޮޑުވެދާނެ ކަމަށް ލަފާކުރެވެ އެވެ. "ހައުސް އޮފް ޑްރެގަން" އަށް އެޗްބީއޯ އިން ކަނޑައެޅި ބަޖެޓަކީ ކޮންމެ ސީޒަނަކަށް 125 މިލިއަން އެމެރިކާ ޑޮލަރެވެ.

ރިޕޯޓުތައް ބުނާގޮތުގައި، އެޗްބީއޯ އަދި ވާނާ ބްރޯސް. އިން މި ސީރީޒް ޕްރިމިއާ ކުރަން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅެވެ. އެއްވެސް ހާލެއްގައި ތާރީހު ފަސްކުރަން ޖެހުނަސް، އެންމެ ލަސްވެގެން 2026 ވަނަ އަހަރުގެ ކުރީކޮޅު ސީރީޒް ބެލުންތެރިންނާ ހަމައަށް ފޯރާނެ ކަމަށް ބުނެފައިވެ އެވެ.