Roadha Mihaaru
އަސާސީ ހިދުމަތުގައި އެމްޑަބްލިއުއެސްސީގެ ދައުރުބޮޑު:ޝާހު

އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީގެ ދައުރު ބޮޑު:ޝާހު

19 ނޮވެމްބަރ 2021

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީގެ ދައުރު ބޮޑު ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީގެ ދައުރު ބޮޑު ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ "މެންސް ޑޭ" އާއި "ޓޮއިލެޓް ޑޭ" ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ، ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް، ރާއްޖޭގެ ރަށްރަށުގެ އަބާދީގެ ކުޑަބޮޑު މިނެއް ބެލުމެއް ނެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ނަރުދަމާގެ ހަރުދަނާ ނިޒާމެއް އޮތުން ވަރަށް މުހިއްމެވެ.

"ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ނަރުދަމާ ނިޒާމްގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުންޏަކީ އެމްޑަބްލިއުއެސްސީ. މި ހިދުމަތް ރައްކާތެރިކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ މުހިއްމު މަގުސަދު،" އޭނާ ވިދާޅުވި އެވެ.

ހިދުމަތް ދިނުމުގައި އެ ކުންފުނީގެ ހީވާގި ފިރިހެން މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަ ކުރައްވައި ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކޮށްފައިވެ އެވެ.