Roadha Mihaaru
ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

16 ޖެނުއަރީ 2021

ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް މިއަދު ފަށައިފި އެވެ.

އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ފައްޓަވައިދެއްވި އަދި ގާތްގަނޑަކަށް 46 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 15 ކިލޯމީޓަރުގެ ފެން ހޮޅި ހިމެނޭ މައި ނެޓްވޯކް ގާއިމްކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރަން 300 ކިއުބިކް މީޓަރުގެ ދެ ފެން ތާނގީ ހެދުމުގެ އިތުރުން ގޭގޭގައި ފެން މީޓަރު ވެސް ބަހައްޓާނެ އެވެ.

އެރަށުގެ ނަރުދަމާ މަޝްރޫއުގައި 8.7 ކިލޯމީޓަރުގެ ހޮޅި އަޅަ އެވެ.

މި މަސައްކަތްތައް 22 މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރަސްމީކޮށް މަސައްކަތް ފެށި ނަމަވެސް މިހާރު ވެސް ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 31 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ހޮޅިތައް އެޅުމުގެ މަސައްކަތް ވެސް ވެސް ކުރިއަށް ދާ ކަމަށް ބުންޏެވެ.

އެމްޑަބްލިއުއެސްސީ މިހާރު އަންނަނީ އެކި ރަށްރަށުގައި ގިނަ ޕްރޮޖެކްޓަތެއްގެ ހިނގަމުންނެވެ.