Roadha Mihaaru
ބަންގްލާދޭޝް އިން މާލެއަށް ހަފްތާއަކު ތިން ދަތުރު

ބަންގްލާދޭޝް އިން މާލެއަށް ހަފްތާއަކު ތިން ދަތުރު

21 ނޮވެމްބަރ 2021

ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ، ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ، ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ދަތުރުތައް ފަށާފައި ވާއިރު ހަފުތާއަކު ތިން ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ އެވެ. އެއީ ކޮންމެ ހުކުރު، އާދީއްތަ އަދި އަންގާރަ ދުވަހު އެވެ.

ޔޫއެސް-ބަންގްލާ އެއާލައިނުން ދަތުރުތައް ފެށުމުން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން އެ އެއާލައިނަށް މަރުހަބާ ކިޔައި ކުރި ޓްވީޓް--

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން މާލެއަށް ސީދާ ދަތުރުތައް ފެށީ އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުންނެވެ. އަދި މި އެއާލައިނާއެކު ދެ ގައުމު ދެމެދުގައި ހެޔޮ އަގެއްގައި ދަތުރު ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖެއަކީ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ދިރިއުޅޭ ގައުމަކަށްވުމުން އެ މީހުންނަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.