އާއްމު ސިއްހަތަށް ނުރައްކާވާ ގޮތަށް މާލޭގައި ކާބޯތަކެތީގެ ވިޔަފާރި ހިންގި ތަނަކުން 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
26 ޖެނުއަރީ 2025
އާއްމު ސިއްހަތަށް ނުރައްކާވާ ގޮތަށް މާލޭގައި ކާބޯތަކެތީގެ ވިޔަފާރި ހިންގި ތަނަކުން 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ވިޔަފާރި ހިންގަމުން ދިޔަ ތަނަކުން އެ ބިދޭސީން އިއްޔެ އަތުލައިގަތީ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ. އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ އަދި ވިޔަފާރިކުރި މީހުން ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އޮޕަރޭޝަނަށް ފަހު އާއްމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ކުޑަ ތަންކޮޅެއްގެ ތެރޭގައި ވަރަށް މުޑުދާރުކޮށް ގިނަ އަދަދެއްގެ ކާބޯތަކެތި ދިޔައީ ތައްޔާރުކުރަމުންނެވެ. ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނު ބިންމަތީގައި އެއްވެސް ސާފުތާހިރު ކަމެއް ނެތި ބަހައްޓާފައި ހުއްޓެވެ.
ބައެއް ބިދޭސީން ނިދަން އެތަނުގެ ތެރޭގައި ހުރީ ބަރިބަރިއަށް އެނދުތައް ވެސް އަތުރައިފަ އެވެ.
2025 ޖަނަވަރީ 23 ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކޮށްފައި. އަދި ގަވާއިދާ ހިލާފަށް މިތަނުގައި އުޅެމުންދިއަ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ… pic.twitter.com/TYaweEshqg
— Maldives Immigration (@ImmigrationMV) January 25, 2025
ބިދޭސީން ރާއްޖޭގައި ވިޔަފާރި ހިންގުމަކީ މަނާކަމެކެވެ. އެކަމަކު ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ހިންގަތީ އެ ތަންތަނަށް ވަދެ އިމިގްރޭޝަނުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
މިފަދަ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް އެހީވެ، މައްސަލަތައް ރިޕޯޓް ކުރަން މިދިޔަ އަހަރު ޖުލައި މަހުގައި "އިމިގްރޭޝަން ވޮޗް" ޕޯޓަލްއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
އެ ޕޯޓަލްއަށް ހަތަރު މަސް ތެރޭގައި ހާހަކަށް ވުރެ ގިނަ މައްސަލަ ހުށަހެޅި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަނުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
23 އަންހެނަކު ގެނެސް ހަށިވިއްކި ނެޓްވޯކެއް އަތުލައިފި
ބަންގްލާދޭޝްގެ އިތުރު 353 މީހަކު ފޮނުވާލައިފި
ދައުލަތެއް ފެއިލްވެފައިވާ ކަމުގެ އެންމެ ސާފު މަންޒަރު
ހަނީފްއާ ގުޅުން ހުރި ފައިސާތަކެއް އަތުލައިގެންފި!
ޑީޕޯޓްކުރި ހަނީފުގެ މުއްސަނދި ދިރިއުޅުން!
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ޑީޕޯޓް
ބަންގްލަދޭޝް ލޭބަރުން ގެނައުން އަނެއްކާ ހަރުކަށިކޮށްފި
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން