ބަންގްލަދޭޝް ލޭބަރުން ގެނައުމަށް ހުޅުވާލުމާ އެކު، ހިއުމަން ޓްރެފިކިން އަށް ޝައްކުވާ ގޮތަށް ބައެއް މުއާލަމާތްތައް ކޮށްފައިވާ ކަން ފާހަގަކުރެވިގެން އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.
04 މާޗް 2025
ބަންގްލަދޭޝް ލޭބަރުން ގެނައުމަށް ހުޅުވާލުމާ އެކު، ހިއުމަން ޓްރެފިކިން އަށް ޝައްކުވާ ގޮތަށް ބައެއް މުއާލަމާތްތައް ކޮށްފައިވާ ކަން ފާހަގަކުރެވިގެން އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނީ ނޮވެމްބަރު 17، 2023 އިން ފެށިގެން މިދިޔަ ޖެނުއަރީ 30 ގެ ނިޔަލަށް ވޯކްޕާމިޓުގެ ދަށުން 75،542 ބިދޭސީން ރާއްޖެ އައިސްފައިވާ ކަމަށެވެ.
ހަމަ އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްގެ 17،039 މީހުންނަށް ވޯކްޕާމިޓް ދޫކޮށްފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނީ އެއްލައްކަ މީހުންނެވެ. އޭރު ލިބެން ހުރި މައުލޫމާތުތަކަށް ބަލައި، ބަންގްލަދޭޝްގެ ލޭބަރުންގެ ކޯޓާ ހަމަވެފައިވާ ކަމަށް ކަނޑައަޅައި، އެ ގައުމުން މަސައްކަތްތެރިން ގެނައުން ކުރީގެ ސަރުކާރުން ހުއްޓާލި އެވެ.
ނަމަވެސް، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، މި ސަރުކާރުން ވަނީ ބަންގްލަދޭޝް ލޭބަރުންނަށް ޑިސެމްބަރު 2023 އިން ފެށިގެން ކޯޓާ ދޫކުރަން ފަށައިފަ އެވެ.
މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ނޮން ޕްރޮފެޝަނަލް މަސައްކަތްތެރިން ގެނެވޭ ގޮތަށް ހުޅުވާލުމާ އެކު، 3،174 ފަރާތަކަށް އެ ގައުމުގެ 14،689 ވޯކްޕާމިޓް އެޕްރޫވް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހިއުމަން ޓްރެފިކިން އަށް ޝައްކު ކުރެވޭ ފަދަ މުއާމަލާތްތައް ވެސް ހިމެނޭ ގޮތަށް ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކުން މީހުން ގެންނަން ފެށުމާއެކު މާޗު 30، 2024 ގައި ބަންގްލަދޭޝް އިން މީހުން ގެނައުން ހުއްޓާލި އެވެ.
އެކަމަކު އޭރު އެޅި ފިޔަވަޅުތަކަށް ފަހު، ސަރުކާރުގެ ޕްރޮޖެކްޓުތަކާއި ދައުލަތުގެ ރަސްމީ ބޭނުންތަކަށް މީހުން ގެންނަން މިދިޔަ ޖޫން 29، 2024 އިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް، އަމިއްލަ ފަރާތްތަކަށް މި ފަހަރު ބަދަލެއް ގެނެސްފައިވެ އެވެ.
މިނިސްޓްރީން ބުނީ އަމިއްލަ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފީ ދައްކާ އަދި ބްލެކްލިސްޓް ކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން 10 އަށް ވުރެ އިތުރު ނުވާ އުސޫލުން މީހުން ގެނައުމަށް ހުށަހަޅާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"މިގޮތުން ޖެނުއަރީ 30، 2025 ގެ ނިޔަލަށް ރަސްމީ ފަރާތްތަކާއި އަދި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ގޮތަށް 510 ވަޒީފާ ދޭ ފަރާތްތަކަށް 2،350 ވޯކްޕާމިޓް ވަނީ އެޕްރޫވް ކޮށްދެވި، ޑިޕޮސިޓް ފައިސާ ދައްކައި، ވޯކްޕާމިޓެއް ދޫކުރެވިފަ އެވެ." އެ މައުލޫމާތުގައިވެ އެވެ.
ވަޒީފާދޭ ވަކިވަކި ފަރާތްތަކުން ގެންނަ ބިދޭސީންގެ އަދަދުތައް ހާމަކުރުމަކީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ބުނެ، އެ ތަފުސީލުތައް ހިއްސާކުރަން ހޯމް މިނިސްޓްރީން ވަނީ ދެކޮޅު ހަދައިފަ އެވެ.
ނޮވެމްބަރު 17، 2023 އިން ފެށިގެން މިދިޔަ މަހުގެ 23 ގެ ނިޔަލަށް ރާއްޖެއިން ވަނީ 7،375 ބިދޭސީންގެ ވޯކްޕާމިޓް ކެންސަލް ކުރުމުން ފުރައިގެން ގޮސްފަ އެވެ. އަނބުރާ ގައުމަށް ފޮނުވާލި އަދި ޑީޕޯޓު ކޮށްފައިވަނީ 6،315 ބބިދޭސީންނެވެ.
ބެންގާލީ ބަހުން ދީނީ ޕްރޮގްރާމް ހިންގަން މީހުން ހޯދަނީ
ވޯކްޕާމިޓަށް ފައިސާ ދައްކަނީ 36 ޕަސެންޓް މީހުން
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ
ބިދޭސީން ގަވާއިދަށް ފެއްތުމުގެ އެހީއަށް އެދިއްޖެ
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ދަނޑު ކައިރިއަށް އެއްވި ބިދޭސީންތަކެއް ފޮނުވާލައިފި
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް
ބޮޑުފިނޮޅު ހަމަނުޖެހުން: 19 ބިދޭސީއަކު ހައްޔަރުކޮށްފި
300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟